ENGLISH
15 އޭޕްރީލު 2026
ފިޝަރީޒް މިނިސްޓްރީގެ މެންޑޭޓަށް ދަނޑުވެރިކަން އިތުރުކޮށް ވަޒީރަކަށް ޝިޔާމް
15 އޭޕްރީލު 2026
|
ފިޝަރީޒް މިނިސްޓްރީގެ މެންޑޭޓަށް ދަނޑުވެރިކަން އިތުރުކޮށް އެ ވުޒާރާގެ ވަޒީރަކަށް މުހައްމަދު ޝިޔާމް ވަނީ އައްޔަނުކުރައްވާފައި. ފޮޓޯ؛ ރައީސް އޮފީސް
އެންމެ މަޤްބޫލު
ފިޝަރީޒް މިނިސްޓްރީގެ މެންޑޭޓަށް ދަނޑުވެރިކަން އިތުރުކޮށް އެ ވުޒާރާގެ ވަޒީރަކަށް އަޙްމަދު ޝިޔާމް އައްޔަންކުރައްވައިފި އެވެ.
ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މި ރަސްމިއްޔާތުގައި ވަޒީރުގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ސޮއިކުރެއްވި އެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަޒީރު ޝިޔާމަށް މަޤާމުގެ ފަތްކޮޅު ދެއްވާފަ އެވެ. ނިމިދިޔަ ދުވަސްތަކުގައި ވަޒީރު ޝިޔާމް ހުންނެވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު ކަމުގައެވެ.
މިދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި އެކުލަވާލެވުނު އެންމެ ކުޑަ ވަޒީރުންގެ މަޖިލިސް ރައީސް ޑރ. މުއިއްޒު އެކުލަވާލައްވާފައިވާއިރު އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހުގައި މިހާރު ތިއްބަވަނީ 15 ވަޒީރުންނެވެ.
ވަޒީރުންގެ މަޖިލީހަށް މި ގެންނެވި ބަދަލުތަކާއެކު އިއްޔެ 12 ވަޒީރަކު ވަނީ ޢައްޔަންކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވާފަ އެވެ.
މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރެއްވި 12 ވަޒީރުންނާއި އެ ބޭފުޅުންގެ މަޤާމުތަކަކީ؛
* މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އަލްފާޟިލް މޫސާ ޒަމީރު
* މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލްފާޟިލް ޢަލީ އިޙްސާން
* މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ އިރުތިޝާމް އާދަމް
* މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ އިސްމާޢީލް ޝަފީޢު
* މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަލްފާޟިލާ ޤީލާ ޢަލީ
* މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަލްފާޟިލް މުޙައްމަދު ސަޢީދު
* މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
* މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އަލްފާޟިލް މުޙައްމަދު އަމީން
* މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަލްފާޟިލް ޢަބްދުﷲ ރާފިޢު
* މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަލްފާޟިލާ ހީނާ ވަލީދު
* މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް
* މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޢަލީ ޝަރީފް
މި ވަޒީރުންނާއެކު ވަޒީރުންގެ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވާނީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްއާއި އިތުރު އެއް ވުޒާރާއެއްގެ ވަޒީރެއްގެ ހިމެނޭހެން ޖުމުލަ 15 ބޭފުޅުންނެވެ.