ENGLISH

15 އޭޕްރީލު 2026

Advertisement

ގިރާވަރު ފަޅުގެ ބިން ހިއްކުމުގެ މަސައްކަތް މެއި މަހަށް ނިންމާލަނީ

15 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

މިނިސްޓަރ މުއްތަލިބް މިއަދުގެ މަޖިލިސް ޖަލްސާގައި. ފޮޓޯ؛ މަޖިލިސް

މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއް ކަމަށްވާ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 98 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވާކަމަށާއި މި މަސައްކަތް މެއި މަހުގެ ނިޔަލަށް ނިންމާލާނެކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.

މި މަޝްރޫއާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ގިރާވަރުން ހިއްކަން ހަމަޖެހިފައިވަނީ 169 ހެކްޓަރުގެ ބިން ކަމަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ)އާ ހަވާލުކޮށްގެން ހިއްކަން ފެށި ގިރާވަރު ފަޅުން އެ ސަރުކާރު ނިމުނުއިރު ހިއްކިފައި އޮތީ 54 ހެކްޓަރުގެ ބިމެވެ.  

އެމްއެފްއެމްސީން އެ މަސައްކަތް ކުރިއަށް ގެންދާ ދުވެލި ލަސްވެ، އަދި ކޮންޓްރެކްޓަރާއެކު އުފެދުނު މައްސަލަ ތަކެއްގެ ތެރެއިން މި ސަރުކާރުން ވަނީ ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފަ އެވެ. 

"އެގޮތުން އެމްއޭސީއެލް އިން މަސައްކަތް ފަށާފައިވަނީ 31 ޖަނަވަރީ 2026 ގައި. މި މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން 97 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަަމަޖެހިފައި. މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 44 ހެކްޓަރުގެ ބިން އިތުރަށް ވަނީ ހިއްކިފައި. ބާކީ ހުރި ބައިތައް ހިއްކުމަށް ހަމަޖެހިފައިވަނީ 31 މެއި 2026 ގެ ނިޔަލަށް،". ވަޒީރު ވިދާޅުވި އެވެ. 

ގިރާފަރުފަޅުގެ ލޭންޑްޔޫސް ޕްލޭން ނިމުނު ސަރުކާރުގައި ހަދާފައިވަނީ އެތަނުން 5،000 ގޯތި ދޫކުރުމަށްކަމަށާއި އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ބަލާއިރު، އެ އަދަދަށް ގޯތި ދެވެން ނެތުމުން 1،114ވަރަކަށް ގޯތި ގުޅީފަޅަން ބަދަލުކޮށްފަވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އައު ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ގިރާވަރު ފަޅުގެ ޕްލޮޓްތައް ކަނޑައަޅާފައިވާއިރު ބިމުގެ ރެޖިސްޓްރީ ހަވާލުކުރާނީ ބިން ހިއްކާ ނިމުމުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު