ENGLISH

15 އޭޕްރީލު 2026

Advertisement

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވިއްސާރަވާނެ

15 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ-- ޕީއެސްއެމް

ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށް ގައުމީ މުސުމާ ބެހޭ އިދާރާއިން ބުނެފި އެވެ.

މެޓް އޮފީހުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ލަފާކޮށްފައިވެ އެވެ. މީގެ އިތުރުން ދެކުނުގެ ބައެއް ރަށްތަކަށްވެސް ކެރީގެ އަސަރުކުރުމާއެކު، ގުގުރުން އެކަށީގެންވާކަމަށްވެސް މެޓްއިން ބުނެފައިވެ އެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، އުތުރު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނަޑުގައި އާދައިގެވަރަކަަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ. 

ރާޅުގެ އުސްމިންތަކަށް ބަލާއިރު، އުތުރުގެ ހިސާބުތަކަށް އެއް ފޫޓްއާ ތިން ފޫޓްގެ އުސްމިނުގައި ރާޅު ހުންނައިރު މެދުރާއްޖެތެރެ އާއި ދެކުނުގެ ހިސާބުތަކަށް ދެ ފޫޓްއާ ފަސް ފޫޓްގެ އުސް މިނުގައި ރާޅު ހުންނާނެކަމަށް މެޓް އިން ބުނެފައިވެ އެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވާ ކަމަށް ރެކޯޑްކުރެވިފައިވަނީ ށ. ފުނަދޫ އަށެވެ. އެއީ 18.0 މިލިމީޓަރ އެވެ.

މި ހަފްތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރާކުރި ނަމަވެސް، އިހުސާސްކުރެވޭ ހޫނުމިން މަތިވާނެކަމަށް މެޓްއިން ލަފާކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު