ENGLISH
13 އޭޕްރީލު 2026
އެމްޑީޕީން ހިންގި ކޮރަޕްޝަނުގެ އަމަލުތައް ބެލުން އަވަސްކުރުމަށް ފަލާހް ގޮވާލައްވައިފި
13 އޭޕްރީލު 2026
|
އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް
އެންމެ މަޤްބޫލު
އިދިކޮޅު އެމްޑީޕީން ވެރިކަމުގައި އޮތް އިރު ހިންގި ކޮރަޕްޝަނުގެ އަމަލުތައް ބެލުން އަވަސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް މިއަދު ގޮވާލައްވައިފި އެވެ.
މިއަދު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ބިމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އަށް ކޮރަޕްޝަނުގެ މައްސަލަތައް ނުބެލޭ ކަމުގެ ޝަކުވާތައް މިހާރަކަށް އައިސް އެމްޑީޕީން ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް އޭސީސީގައި މިވަގުތު ގިނައީ މިގޮތަށް ކޮރަޕްޝަނުގެ މައްސަލަތައް ހުއްޓުވުމަށް އެމްޑީޕީގެ ފަރާތުން ދާ ދެތިން މީހުންގެ މައްސަލަތައް ކަމަށް ފަލާހު ވިދާޅުވި އެވެ.
އެމްޑީޕީން ވެރިކަމުގައި އޮތް އިރު ހިންގި ކޮރަޕްޝަނުގެ އަމަލުތައް ބެލުން އަވަސްކުރަންޖެހޭކަމަށް ތަކުރާރުކޮށް މެމްބަރު ވިދާޅުވި އެވެ.
"ފެނަކަ އޮތީ ހަތަރު މިލިއަން ރުފިޔާއިން ދަރުވާލާފައި. ރައްޔިތުންނަށް ހިދުމަތްކޮށްދީފައި ހުރީ ދަރަންޏަށް. މިކަންކަމަށް ވެލިދޫ ދާއިރާގެ މެމްބަރު އައްބާސްމެން ހެކިވާނެ. ކޮބާތޯ އާރްޑީސިއަށް ވީ ގޮތް. ކިތައްފަހަރުތޯ މަތީގައި ކެމެރާ ހުއްޓާ ތިޖޫރީ ގެއްލުވާލީ. މިއީ ތާރީހުގައި އަލަށް ކޮށްފައި ހުރި ކަންކަމޭ. ކޮވިޑުގެ ވަބާފައި ވެންޓިލޭތަރުތައް ގެއްލުވާލި،." ފަލާހު ވިދާޅުވި އެވެ.
މި ސަރުކާރަށް މިވީ ދުވަސްކޮޅުގެ ތެރޭގައި ސަރުކާރުގެ އެއްވެސް މީހެއްގެ މައްޗަށް ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ސާބިތުވެފައިވެސް އަދި ހެއްކާއެކު އެފަދަ މައްސަލައެއް އިދިކޮޅު ފަރާތްތަކަށް ދެއްކިފައިވެސް ނޯންނާނެކަމަށް ފަލާހު ވިދާޅުވި އެވެ.
އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ އޮޅުވާލައިގެން ވެރިކަމަށް އަންނަން ކަމަށް ފަލާހު ވިދާޅުވި އެވެ.
މި ސަރުކާރުގައި ސިޔާސީ ހައްޔަރީން ނުތިބޭނެކަމަށާއި އެމްޑީޕީގެ ވެރިކަމެއްގައި ސިޔާސީ ހުރިހާ ބޭފުޅުން ތިއްބަވާނީ ޖަލުގައިކަން މިހާރު ވެސް އެނގޭކަމަށް ފަލާހު ވިދާޅުވި އެވެ.