ENGLISH

12 އޭޕްރީލު 2026

Advertisement

ދަރިވަރަކު ޓީޗަރަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

12 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ގދ. ތިނަދޫ -- ފޮޓޯ: ފޮޓޯ 33

ދަރިވަރަކު ޓީޗަރަކަށް އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ ގދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ އިންޑިއާގެ އަންހެން މުދައްރިސަކަށް އެ ސްކޫލުގެ ދަރިވަރަކު ޖިސްމާނީ އަނިޔާކުރި މައްސަލައެއް އޭޕްރީލް 12 ވަނަ ދުވަހުގެ 11:46 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި މުދައްރިސަށް އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް ތިނަދޫ ގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް މިހާރު ވަނީ ބަދަލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ، ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު