ENGLISH

09 އޭޕްރީލު 2026

Advertisement

އުދަރެސް ބޯޓް އަޑިއަށް ގޮސް މުދާތައް އޮޔާ ދަނީ، ސަމާލުވާން އެދިއްޖެ

09 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

އުދަރެސް ބޯޓް ފަރަށް އެރި ސަރަހައްދު

ތޭރަ މީހުންނާއެކު ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައި އަޑިއަށް ދިއުމާއި ގުޅިގެން ބޯޓްގައިވާ މުދާތައް އޮޔާތީ ސަމާލުވާން ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސް ކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު، މިރޭ ދަންވަރު 01:25 ހާއިރު ވަނީ ލިބިފައި ކަމަށެވެ.

މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި 13 މީހުންގެ ތެރެއިން އެކަކު ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރާފަ އެވެ. އެ މީހާ އެ ހަބަރު ދިނުމުން ބޯޓުން ދަތުރުކުރި 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ވަނީ ނަގާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ. ސަލާމަތް ކުރެވުނު 12 މީހުންގެ ހާލުވެސް ރަނގަޅު ކަމަަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި ބޯޓުން ދަތުރުކުރި ދިވެއްސަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

ފުލުހުން އަދި ބުނީ މި ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު