ENGLISH

09 އޭޕްރީލު 2026

Advertisement

ތޭރަ މީހުންނާއެކު ބޯޓެއް ފަރަށް އަރައިފި، ދިވެއްސަކު ގެއްލިގެން ހޯދަނީ

09 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ފުލުހުންގެ ލޯންޗެއް

ތޭރަ މީހުންނާއެކު ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފި އެވެ.

ފުލުހުން މިރޭ ބުނީ މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު، މިރޭ ދަންވަރު 01:25 ހާއިރު ވަނީ ލިބިފައި ކަމަށެވެ.

މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބި 13 މީހުންގެ ތެރެއިން އެކަކު ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރާފަ އެވެ. އެ މީހާ އެ ހަބަރު ދިނުމުން ބޯޓުން ދަތުރުކުރި 11 މީހަކު ރިސޯޓުގެ ދޯންޏަކަށް ވަނީ ނަގާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ. ސަލާމަތް ކުރެވުނު 12 މީހުންގެ ހާލުވެސް ރަނގަޅު ކަމަަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި ބޯޓުން ދަތުރުކުރި ދިވެއްސަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު