ENGLISH
05 އޭޕްރީލު 2026
ފިއްލަދޫން އެމްޑީޕީއަށް ބޮޑުކޮށް ނޫނެކޭ ބުނެ ހަ ގޮނޑިވެސް ކޮންގްރެސްއަށް
05 އޭޕްރީލު 2026
|
ފިއްލަދޫގެ އިންތިޚާބީ މެންބަރުން --
އެންމެ މަޤްބޫލު
ހއ. ފިއްލަދޫ އުންސިލްގެ ރައީސް ކަމާއި އަންހެނުންގެ ތަރައްޤީއަށް މަަސައްކަތްކުރާ ކޮމެޓީގެ ރައީސާ ކަމުގެ މަޤާމު ހިމެނޭހެން އެ ރަށުގެ ހަ ގޮނޑި ވެސް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފި އެވެ.
ފިއްލަދޫ ކައުންސިލް ރައީސް ކަމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް މުޙައްމަދު ހާމިދު އެވެ. ހާމިދު ވަނީ 382 ވޯޓް ހޯދާފަ އެވެ. އެމްޑީޕީގެ ކެންޑިޑޭޓް ނާސިފަށް ލިބުނީ 339 ވޯޓެވެ.
ކައުންސިލްގެ އަންހެން މެންބަރު ކަމުގެ ގޮނޑި ހޯދީ ކޮންގްރެސްގެ ކެންޑިޑޭޓް ޒައީމާ އަބްދުލްރަޝީދު އެވެ. އޭނާ ވަނީ 396 ވޯޓް ހޯދާފަ އެވެ. ޒައީމާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު ހުދާ އަށް ލިބުނީ 296 ވޯޓެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ މަޤާމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް ހައްވާ ޒަހީރާ އެވެ. އޭނާ ވަނީ 367 ވޯޓް ހޯދާފަ އެވެ. ހައްވާ ޒަހީރާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ރައޫފާއަށް ލިބިފައިވަނީ 351 ވޯޓެވެ.
އަންހެނުންގެ ކޮމެޓީގެ މެންބަރު ކަމުގެ ދެ މަޤާމު ވެސް ލިބުނީ ކޮންގްރެސްގެ ކެންޑިޑޭޓުންނަށެވެ. އެގޮތުން ކޮންގްރެސްގެ ކެންޑިޑޭޓް އައިމިނަތު ޝުރުފާ އާއި އައިޝަތު މާޖިދާ ވަނީ ކާމިޔާބު ކޮށްފަ އެވެ. ޝުރުފާ ވަނީ 418 ވޯޓް ހޯދާފަ އެެވެ. މާޖިދާ ވަނީ 441 ވޯޓް ހޯދާފަ އެވެ.