ENGLISH
05 އޭޕްރީލު 2026
މައުރޫފާއި އަލީ ހުސައިންގެ ކެންދޫން އެމްޑީޕީއަށް ސުމެއް، ހުރިހާ ގޮނޑިއެއް ކޮންގްރެސްއަށް
05 އޭޕްރީލު 2026
|
ކެންދޫގެ އިންތިޚާބީ މެންބަރުން --
އެންމެ މަޤްބޫލު
އިއްޔެ އޮތް އިންތިޚާބުގައި ބ. ކެންދޫ ކައުންސިލްގެ ތިން ގޮނޑި އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ތިން ގޮނޑި ވެސް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ކާމިޔާބު ކޮށްފި އެވެ.
ކެންދޫ ކައުންސިލް ރައީސް ކަމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް އަހްމަދު ސާން އެވެ. ސާން ވަނީ 454 ވޯޓް ހޯދާފަ އެވެ. އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހްމާނަށް ލިބުނީ 360 ވޯޓެވެ.
ކައުންސިލްގެ އަންހެން މެންބަރު ކަމުގެ ގޮނޑި ހޯދީ ކޮންގްރެސްގެ ކެންޑިޑޭޓް ނައިލާ ނިޒާރެވެ. ނައިލާ ވަނީ 444 ވޯޓް ހޯދާފަ އެވެ. ނައިލާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު ލިއުޝާއަށް ލިބުނީ 342 ވޯޓެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާގެ މަޤާމަށް އިންތިޚާބުވީ ކޮންގްރެސްގެ ކެންޑިޑޭޓް ނަޒީރާ އަހްމަދު އެވެ. އޭނާ ވަނީ 329 ވޯޓް ހޯދާފަ އެވެ. ނަޒީރާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ފާތިމަތު ޝިފާއަށް ލިބިފައިވަނީ 265 ވޯޓެވެ.
އަންހެނުންގެ ކޮމެޓީގެ މެންބަރު ކަމުގެ ދެ މަޤާމު ވެސް ލިބުނީ ކޮންގްރެސްގެ ކެންޑިޑޭޓުންނަށެވެ. އެގޮތުން ކޮންގްރެސްގެ ކެންޑިޑޭޓް ގަމަރިއްޔާ އަބޫބަކުރާއި ނަޒީރާ އަލީ ވަނީ ކާމިޔާބު ކޮށްފަ އެވެ.