ENGLISH
05 އޭޕްރީލު 2026
މާފުށީ ކައުންސިލްގެ ރައީސް ކަމަށް ކޮންގްރެސްގެ ޝަމްއޫން
05 އޭޕްރީލު 2026
|
މާފުށީ ކައުންސިލްގެ އިންތިހާބީ ރައީސް
އެންމެ މަޤްބޫލު
ކ. މާފުށީ ކައުންސިލްގެ ރައީސް ކަމަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް އިންތިޚާބު ކޮށްފި އެވެ.
އިއްޔެ އޮތް އިންތިޚާބުގައި މާފުށީ ކައުންސިލްގެ ނާއިބު ރައީސްގެ މަގާމުގައި މިވަގުތު ހުންނެވި ޝަމްއޫން ވަނީ އެރަށު ކައުންސިލްގެ ރައީސް ކަމުގެ މަގާމު ކަށަވަރު ކުރައްވާފަ އެވެ.
އިދިކޮޅު އެމްޑީޕީގެ މައި ރަށެއްގެ ގޮތުގައި އެ ޕާޓީން ފާހަގަކުރާ މާފުށީ ކައުންސިލްގެ ރައީސް ކަމުގެ މަގާމު މަޝްއޫން ކަށަވަރު ކުރެއްވީ އެ މަގާމުގައި މިހާރު ހުންނެވި ސޮލާއާ ވާދަކޮށެވެ. މި ފަހަރުގެ އިންތިހާބުގައި ވެސް ސޮލާ ވާދަކުރީ އެމްޑީޕީގެ ޓިކެޓްގަ އެވެ.
މީގެ އިތުރުން މާފުށީ ކައުންސިލްގެ އިތުރު ގޮނޑިއެއް ވެސް ކޮންގްރެސް އިން ވަނީ ކާމިޔާބު ކޮށްފަ އެވެ. އެގޮތުން ކައުންސިލް މެންބަރު ކަމަށް ކޮންގްރެސްގެ ޓިކެޓްގައި ވާދަކުރެއްވި ހަމްޒާ އަހްމަދު ވަނީ އެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ.