ENGLISH
05 އޭޕްރީލު 2026
އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވައިިފި
05 އޭޕްރީލު 2026
|
ވަޒީރު އާދަމް ޝަރީފް އުމަރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ދެއްވައިފި އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ އިއްޔެ ނިމިގެންދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ނަތީޖާއާ ގުޅޭގޮތުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގަ އެވެ.
ވަޒީރު ވަނީ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ކާމިޔާބު ކުރި ހުރިހާ މެމްބަރުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.
ވަޒީރު ވިދާޅުވީ އަލަށް އިންތިހާބު ކުރެވޭ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ރައްޔިތުންގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކޮށް، ރައްޔިތުންނާއި ގާތުން، އުންމީދީ އަދި ޒިންމާދާރު މަސައްކަތްތަކެއް ކުރާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.
"އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކައުންސިލްތަކާއެކު، ގުޅިގެން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން،" ވަޒީރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އަލަށް ހުވާކުރާ ކައުންސިލްތަކާއެކު ލާމަރުކަޒީ ނިޒާމަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށެވެ.