ENGLISH

05 އޭޕްރީލު 2026

Advertisement

ޕޮލިސް ކޮމިޝަނަރުކަމުގެ މަޤާމަށް އަޙްމަދު މުޙައްމަދު އައްޔަންކުރައްވައިފި

05 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ޕޮލިސް ކޮމިޝަރަރުގެ މަޤާމަށް އަޙްމަދު މުޙައްމަދު އައްޔަންކުރެއްވުން-- ފޮޓޯ: ފުލުހުންގެ އިދާރާ

ޕޮލިސް ކޮމިޝަނަރުގެ މަޤާމަށް، އެސިސްޓެންޓް ކޮމިޝަނަރގެ މަޤާމުގައި ހުންނެވި އަޙްމަދު މުޙައްމަދު އައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އަޙްމަދު މުޙައްމަދު (ޓޫފޯ) އައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު އަރުވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ 1995 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ޚިދުމަތުގައި 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފަ އެވެ. އޭނާ ވަނީ ފުލުހުންގެ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޓިވް ދާއިރާތަކުގެ އިސް މަޤާމުތައް ފުރުއްވައިފައެވެ.

މީގެއިތުރުން، އިންޑިއާގެ ސަރްދާރު ވައްލަބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީން އައި.ޕީ.އެސް ޕްރޮބޭޝަނަރސް ބޭސިކް ޓްރޭނިންގ ކޯހުގެ އިތުރުން، ސީނިއަރ އޮފިސަރުންނަށް ބޭނުންވާ މުހިންމު ތަމްރީނުތައް އަޙްމަދު މުޙައްމަދު ވަނީ ފުރިހަމަކުރައްވާފަ އެވެ.

މާސްޓަރ އޮފް ޝަރީއާ އަދި ބެޗްލަރ އޮފް ޝަރީއާ (އޮނަރސް)، އަޙްމަދު މުޙައްމަދު ހާސިލްކުރެއްވީ ވިލާ ކޮލެޖުންނެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ކުރިން ހުންނެވި އިސްމާއީލް ނަވީން އެ މަޤާމުން ރިޓަޔަރ ކުރެއްވީ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ. ނަވީން މަޤާމުން ރިޓަޔަރ ކުރެއްވުމާ ގުޅިގެން އެ މަޤާމަށް އަހުމަދު މުހައްމަދުގެ އިތުރުން ކުރިމަތިލެއްވީ، ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް އެވެ.

ކިޔުންތެރިންގެ ހިޔާލު