ENGLISH
05 އޭޕްރީލު 2026
ށ. ފުނަދޫގެ 10 ގޮނޑިވެސް ކޮންގްރެސް ޕާޓީއަށް
05 އޭޕްރީލު 2026
|
އިންތިޚާބު ކާމިޔާބުކުރި ކެންޑިޑޭޓުން
އެންމެ މަޤްބޫލު
ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ށ. ފުނަދޫގެ ހުރިހާ ގޮނޑިތަކެއް ކޮންގްރެސް ޕާޓީން ކާމިޔާބު ކޮށްފި އެވެ.
އެ ޕާޓީގެ ޓިކެޓްގައި ރަށު ކައުންސިލްގެ ރައީސް ކަމަށާއި މެންބަރު ކަމަށް ވާދަކުރި ފަސް ކެންޑިޑޭޓުން ވަނީ އިންތިޚާބު ކާމިޔާބު ކޮށްފަ އެވެ. އަދި ކޮންގްރެސްގެ ޓިކެޓްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާގެ މަގާމަށާއި މެންބަރު ކަމަށް ކުރިމަތިލީ ފަސް ކެންޑިޑޭޓުން ވެސް ވަނީ އިންތިޚާބުން ކުރި ހޯދާފަ އެވެ.
އިއްޔެ އޮތްް އިންތިޚާބުގައި އިންތިހާބުގައި ސިޓީތަކުގެ މޭޔަރުކަން ޕީއެންސީއަށް ގެއްލުނު ނަމަވެސް ގިނަ ރަށްރަށުން ޕީއެންސީންވަނީ ކައުންސިލުތަކުގެ އަޣުލަބިއްޔަތު ކާމިޔާބުކޮށްފަ އެވެ.