ENGLISH
02 އޭޕްރީލު 2026
ވޯޓުލާ ދުވަހު މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުން މަނާ ގަޑިތައް އިއުލާންކޮށްފި
02 އޭޕްރީލު 2026
|
ވޯޓުލާ ދުވަހު ބަރު އުޅަނދު ދުއްވުން މަނާ-- ފޮޓޯ: ވެކްޓީޒީ
އެންމެ މަޤްބޫލު
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބާ ގުޅިގެން، މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށާއި ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި، މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތުތައް ފުލުހުންގެ އިދާރާއިން އާއްމުކޮށްފި އެވެ.
ފުލުހުންގެ އިދާރާއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ، ހޮނިހިރު ދުވަހުގެ ހެނދުނު 6:00 އިން ރޭގަނޑު 23:00 އާ ހަމައަށް، އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އުޅަނދުފަހަރު ދުއްވުމަކީ މަނާކަމެއް ކަމަށެވެ.
މި އެންގުމާ ހިލާފުވާ ފަރާތްތަކާމެދު، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 67 ވަނަ މާއްދާ އާއި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިހާބާއި، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުލުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ.
އިންތިހާބު އޮންނަ ދުވަސްތަކުގައި ބަރު އުޅަނދު ދުއްވުން މަނާ ކުރަނީ، އެދުވަހު ގިނަ އަދަދަދެއްގެ ރައްޔިތުން ވޯޓުލުމަށް ނުކުތުމުން، އެއްތަނުން އަނެއް ތަނަށް ދަތުރުކުރުން ގިނަވުމުގެ ސަބަބުން ދިމާވާ މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައެވެ.
ރައްޔިތުންގެ ފަރާތުން މިފަދަ ކަންކަމުގައި ދެއްވާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ ޝުކުރުއަދާކޮށްފަ އެވެ.