ENGLISH
31 މާރިޗު 2026
ބ. ހިތާދޫ ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް
31 މާރިޗު 2026
|
ބ.ހިތާދޫ ބިން ހިއްކާ ސަރަހައްދު. --ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ބ. ހިތާދޫ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ބަންޑް ވޯލް ޖެހުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 15 ހެކްޓަރުގެ ބިން ހިއްކުމާއި، 691 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ އިތުރުން ހިއްކާ ސަރަހައްދު ވަށައިގެން 25 މީޓަރުގެ ހަ ގްރޮއިން ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
މިއީ 137 މިލިއަން ރުފިޔާއަށް 450 ދުވަހު ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއު ނިމުމުން ހިތާދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބޭނެއެވެ.
މި މަޝްރޫޢު އިޢުލާންކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް މިދިޔަ އަހަރު ކުރެއްވި ޒިޔާރަތުގައެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ބިން ހިއްކުމުގެ މި މަޝްރޫޢަކީ ރަށުގެ ބޯހިޔާވަހިކަމާއި އިންފްރާސްޓްރަކްޗަރ ގާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.