ENGLISH

31 މާރިޗު 2026

Advertisement

ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފުތާގައި އެއްލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފި

31 މާރިޗު 2026

|

އާމިނަތު ނުޒްލާ

މިދިޔަ ހަފްތާގެ ސްކޭމްގެ ތަފާސްހިސާބު-- ފޮޓޯ: ދަ މޯލްޑިވްސް ޖަރނަލް

ދިވެހި ފުލުހުންގެ ޚިދުމަތަށް މިދިޔަ ހަފުތާގައި ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކުގެ ތެރެއިން ލައްކައަކަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް އެ ޚިދުމަތުން ބުނެފިއެވެ.

އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޮކްޓޫބަރ 22 އިން މާރޗް 28 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 22 މައްސަލައެއް ހުށަހަޅާފައިވެ އެވެ. މި މައްސަލަތަކުގައި ޖުމްލަ 116،212.50 ރުފިޔާ ގެއްލިފައިވާއިރު، މި ފައިސާގެ ތެރެއިން ޖުމްލަ 114،456.00 ރުފިޔާ ވަނީ އަނބުރާ ހޯދައިފަ އެވެ.

މި މުއްދަތުގައި ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު، ސްކޭމްގެ އެންމެ ގިނައިން ހުށަހެޅިފައިވަނީ އިންޕާސަނޭޝަން ނުވަތަ އެހެން މީހެއްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދި މައްސަލަތަކެވެ. އެގޮތުން މިފަދަ 8 މައްސަލައެއް ހުށަހެޅިފައިވާއިރު، ދެން އެންމެ ގިނައިން ހިމެނެނީ އީ- ކޮމާރސް މެދުވެރިކޮށް ކޮށްފައިވާ މައްސަލަތަކެވެ. މި މުއްދަތުގައި  ފައިސާ މާރުކުރުމުގެ ނަމުގައި ފަސް މައްސަލަ ހުށަހަޅާފައިވާއިރު އަދި އެހެނިހެން ތިން މައްސަލައެއް ހުށަހަޅާފައިވެ އެވެ.

ފުލުހުންގެ އިދާރާއިން އާއްމުކޮށްފައިވާ ސްކޭމްގެ ތަފާސްހިސާުބު-- ފޮޓޯ: ފުލުހުންގެ އިދާރާ

އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވާ މަންސަތަކަކީ ފޯންކޯލް، އައިބޭ، އޮންލައިން މެސެޖިންގ، ފިޝިންގ ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސް އެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ކަންކަން ކަމުގައި އެންޓި ސްކޭމް ސެންޓަރު ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު