ENGLISH

18 އޭޕްރީލު 2026

Advertisement

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ސެމީގައި އިންޑިއާ-ބޫޓާން އަދި ބަންގްލަދޭޝްއާ ނޭޕާލް ބައްދަލުކުރާން ޖެހިއްޖެ

28 މާރިޗު 2026

|

މުޙައްމަދު އަދުހަމް

ބަންގްލަދޭޝްއާ އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ސާފް

ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި އެންމެ ފަހުން ކުޅުނު މެޗުތަކަށްފަހު ސެމީ ފައިނަލުގައި އިންޑިއާ އާ ބޫޓާން އަދި ބަންގްލަދޭޝްއާ ނޭޕާލް ބައްދަލުކުރާން ޖެހިއްޖެއެވެ.

މުބާރާތުގެ ގްރޫޕް ބީ ގައި ހިމެނޭ އިންޑިއާ އާއި ބަންގްލަދޭޝްގެ ކުރިމަތިލުން 1-1 އިން އެއްވަރުވުމާއެކު، އިންޑިއާ އަށް އެ ގްރޫޕުގެ އެއްވަނަ މަގާމު ވަނީ ލިބިފައެވެ. އިންޑިއާއަށް ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެއްވަނަ ލިބުނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ބަންގްލަދޭޝް އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. މި ގުރޫޕުގެ ފުލަށްދިޔަ ޕާކިސްތާން ނިންމާލީ ޕޮއިންޓެއްނުލިބިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ކުރީން ލީޑުނެގީ ވެސް އިންޑިއާ އިންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ ވިޝާލް ޔާދަވް އެވެ. މިއީ މުބާރާތުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ.

ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ބަންގްލަދޭޝް އަށް އެއްވަރުކޮށްދިނީ އަބްދުލް ރިޔާދް ފަހީމް އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ރޮނަން ބެންޖަމިން ސުލިވަން ނަގައިދިން ކޯނަރެއްގެ އެހީގައެވެ.

ބަންގްލަދޭޝް އިން އެއްވަރުކުރި ލަނޑުޖެހުމުގެ ކުރީން، ދެ ޓީމުގެ ބެންޗުގެ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރިއިރު، ބަންގްލަދޭޝްގެ ކޯޗު މާކް ކޮކްސް އާއި އިންޑިއާގެ އޮފިޝަލަކަށް ވަނީ ރަތް ކާޑު ދަނޑުން ފޮނުވާލައިފައެވެ.

މި މުބާރާތުގެ ސެމީގައި އޭޕްރީލް 1 ވާ ބުދަ ދުވަހުގެ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ނޭޕާލް ބައްދަލުކުރާނީ ބަންގްލަދޭޝްއާ އެވެ. ސެމީގެ ދެވަނަ މެޗުގައި ބުދަ ދުވަހުގެ ރޭ ކުޅޭ މެޗުގައި އިންޑިއާ ނިކުންނާނީ ބޫޓާންއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު