ENGLISH
26 އޭޕްރީލު 2026
ހުޅުމާލެ މަގުތައް މަރާމާތުކުރާއިރު ބައެއް ސަރަޙައްދުތައް ބަންދުވާނެތީ ސަމާލުވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
26 އޭޕްރީލު 2026
|
ހުޅުމާލޭގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަނީ. ބައެއް ސަރަހައްދުތައް ބަންދުވާނެތީ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ. ފޮޓޯ: އެޗްޑީސީ
އެންމެ މަޤްބޫލު
ހުޅުމާލެ ފޭސް 1 އަދި 2 ގެ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް އެކި މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ ކަމަށާއި، މަސައްކަތް ކުރާއިރު ބައެއް ސަރަޙައްދުތައް ވަގުތީގޮތުން ބަންދުވާނެ ކަމަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީ އިން ބުނީ، ހުޅުމާލޭގެ މަގުތައް ހެދުމުގެ މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށްދާކަމަށެވެ.
މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ މަގުތައް ބޭނުންކުރުމުގައި ދިމާވެދާނެ ދަތިތަކަށް ސަމާލުކަންދީގެން ކަމަށް އެޗްޑީސީން މިއަދު ކުރި އިއުލާނުގައި ބުނެފައިވެ އެވެ. އަދި ގޮންޖެހުންތައް މަދުވާނެ ގޮތަކަށް ރާވައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.
އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަށަވަރު ކުރުމަށްޓަކައި މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ވަގުތުތަކުގައި، މަސައްކަތް ހިނގަމުންދާ ސަރަހައްދުތައް ވަގުތީ ގޮތުން ބަންދުކުރެވިގެންދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ބަންދުކޮށްފައިވާ ސަރަހައްދުތަކަށް ނުވަނުމަށާއި ޓްރެފިކް މެނޭޖުކުރުމަށް ބަހައްޓާފައިވާ ބޯޑުތަކުގައި ދީފައިވާ އިރުޝާދުތަކާ އެއްގޮަތަށް އަމަލުކުރުމަށް އާންމުންނަށް އެޗްޑީސީން ވަނީ އަންގައިފައެވެ.
މަގު ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، އޭގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށާއި އާންމު ދިރިއުޅުމަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން މާފަށް އެދޭކަމަށާއި އެ މުހިންމު މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެޗްޑީސީން ޝުކުރު އަދާކޮށްފައިވެއެވެ.