ENGLISH
26 މާރިޗު 2026
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ލަންކާ ބަލިކޮށް، ނޭޕާލް ސެމީއާ ގާތަށް
25 މާރިޗު 2026
|
މެޗުގައި ލަނޑުޖެހުމަށްފަހު ނޭޕާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ސާފް
އެންމެ މަޤްބޫލު
ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުގައި ސްރީ ލަންކާ 1-0 އިން ބަލިކޮށް، ނޭޕާލުން ސެމީ ފައިނަލުން ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފިއެވެ.
މި ނަތީޖާއާއެކު ނޭޕާލުން ވަނީ ގްރޫޕް އޭ ގެ އެއްވަނައިގައި ދެ މެޗުން ހަ ޕޮއިންޓާއެކު ހަމަޖެހިލައިފައެވެ. ދެވަނައިގައި ލަންކާ އޮތީ ތިން ޕޮއިންޓާއެކު އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 24 ވަނަ މިނެޓުގައި ނޭޕާލަށް ކާމިޔާބުކޮށްދިނީ ސުބާޝް ބާމް އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އޭނާ ކާމިޔާބުކުރި ދެވަނަ ލަނޑެވެ.
މުބާރާތުގައި ނޭޕާލަށް ދެން އޮތީ އަންނަ ހުކުރު ދުވަހުގެ ހަވީރު ދިވެހިރާއްޖެއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. ލަންކާ ދެން ކުޅޭ މެޗުގައި ހުކުރު ދުވަހުގެ ރޭ ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ.
މި މުބާރާތުގެ ކުޅުން ރޭވިފައިވާ ގޮތުން ކޮންމެ ގްރޫޕެއްގެ އެންމެ ކުރިހޯދާ ދެ ޓީމެއް ސެމީ ފައިނަލަށް ދަތުރުކުރާނެ އެވެ. މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް އަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހަށް ތާވަލްކޮށްފައިވާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 3 ވަަނަ ދުވަހުގެ ރޭގަނޑު 8:30 ގަ އެވެ.