ENGLISH
25 މާރިޗު 2026
ފަސްޓް ލޭޑީ، އައްޑޫސިޓީ މަރަދޫފޭދޫ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވަޑައިގެންފި
25 މާރިޗު 2026
|
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މަރަދޫފޭދައި --
އެންމެ މަޤްބޫލު
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ސިޓީގެ މަރަދޫފޭދޫ ގައި ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވަޑައިގެންފި އެވެ.
އެކަމަނާ އައްޑޫސިޓީއަށް ވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގަ އެވެ. އައްޑޫ ސިޓީއަށް ވަޑައިގެން ކޮންގްރެސްގެ ކެންޑިޑޭޓުންނަށް ތާއީދު އިތުރުކުރުމަށް ތަފާތު ހަރަކާތްތަކުގައި ވަނީ ބައިވެރިވެވަޑައިގެންފަަ އެވެ. އެގޮތުން މިއަދު ވަނީ ހިތަދޫ ގައި ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތެއް ކުރިއަށް ގެންދަވާފަ އެވެ.
މި ހަރަކާތުގައި ހިތަދޫގެ އެކި ގެތަކަށް ޒިޔާރަތް ކުރައްވާ ރައްޔިތުންނާއި ބައްދަލު ކުރެއްވި އެވެ. އަދި މަގުމަތީން ބައްދަލްވި ގިނަ ބަޔަކާއި ސަލާމް ކުރައްވާ އެ ރައްޔިތުންގެ ވާހަކަތައް ވެސް އަޑުއެއްސެވި އެވެ.
އަދި އޭގެ ފަހުން މަރަދޫފޭދޫއަށް ވަޑައިގެން އެ ރަށުގައި ވެސް ވަނީ ދޮރުން ދޮރަށް ހަރަކާތް ކުރިއަށް ގެންދަވާފަ އެވެ.
އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި އެކަމަނާ ރޭ ވަނީ ކޮންގްރެސްގެ ސަޕޯޓަރުން ބޭއްވި ބާބެކިއު އެއްގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ. އަދި ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއި ބައްދަލު ކުރައްވާ ކެމްޕެއިން މަސައްކަތް ކުރިއަށްދާ ގޮތް އޮޅުންފިލުއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އައްޑޫ ސިޓީއަށް ވަޑައިގަތުމުގެ ކުރީން ފުވައްމުލަކު ސިޓީއާ ތިނަދޫ ސިޓީއަށް ވެސް ވަޑައިގެންފަ އެވެ. އެ ދެ ސިޓީގައި ވެސް އެކަމަނާ ވަނީ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ.
ތިން ސިޓީން ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އެކަމަނާގެ އިސްތިޤްބާލަށް ވަރަށް ގިނަ ބަޔަކު ޖަމާވި އެވެ.