ENGLISH

22 މާރިޗު 2026

Advertisement

އެމްޑީޕީއެއް މިއަދަކު ނެތް، އިސްކޮށް ތިބީ ދަލުބޭރުން ޖެހިގެން އުޅޭ ބައެއް: ސަރަނގު އާދަމް މަނިކް

22 މާރިޗު 2026

|

އައިމިނަތު ޝަފާ

މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު. ފޮޓޯ؛އެމްއެމްޓީވީ

ދިވެހީން ދަންނަ އެމްޑީޕީއެއް މިއަދަކު ނެތްކަމަށާއި އެ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާތަން ފެންނަނީ ޕާޓީގެ ފިކުރަށް ނިސްބަތް ނުވާ "ދަލުބޭރުން ޖެހިގެން އުޅޭ" ބައެއްކަމަށް މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ. 

ކުރިއަތް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާ މޭޔަރ ކެންޑިޑޓް މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވައި އެމަނިކުފާނު އެންޑޯޒް ކުރެއްވިކަން ހާމަކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އާދަމް މަނިކު ވިދާާޅުވީ މޫސާ އަލީ ޖަލީލަށް ތާއީދުކުރެއްވީ ވަރަށް ބޮޑަށް ވިސްނެވުމަށްފަހު ކަމަށާއި ދިވެހީން ދަންނަ އެމްޑީޕީއެއް މިވަގުތު އޮތް ކަމަށް ގަބޫލުނުކުރައްވާކަމަށެވެ. 

"އެ ޕާޓީގެ އިސް ސަފުން ފެންނަނީ ޕާޓީގެ ފިކުރަށް ނިސްބަތް ނުވާ "ދަލުބޭރުން ޖެހިގެން އުޅޭ" ބައެއް. ކޮބައިތޯ ޑީއާރްޕީއަށް ނިސްބަތް ނުވާ މީހަކު ދައްކަވަބައްލަވާ އިސް ސަފުން. އެހެންވީމަ އެއީ އެމްޑީޕީއެއް ނޫނޭ. މިހާރު އަޅުގަނޑުމެންގެ ބަހެއް ނުވިކޭނެއޭ. އަޅުގަނޑުމެން އެމްޑީޕީ އެއްޗަކަށް ހެދީމަ އެ ހަނދާނެއް ނެތޭ މިހާރު. އަޅުގަނޑުމެންނާ ދިމާލަށް މުގުރުބުރި ހިފައިގެން ދުވި މީހުން ނޫންތޯ މިހާރު އެ ތިބީ. އަބްދުﷲ ޝާހިދަކީ ކާކުތޯ؟. ފައްޔާޒަކީ އެމްޑީޕީ މީހެއްތޯ؟. " - މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު

އާދަމް މަނިކު ވިދާޅުވީ އަބަދުވެސް ބަލާނީ މާލެއަށް ރަނގަޅުގޮތް ވުމަށްކަމަށާއި ކުރިއަށް އޮތް ފަސް އަހަރު އަނެއްކާވެސް މާލެ ބޭކާރުވެގެންދާން ނޭދޭ ކަމަށެވެ. މިހާރުގެ ސިޓީ ކައުންސިލުން ޒިންމާ އަދާނުކުރާކަމަށް ވިދާޅުވެ މާލެއަށް ކައުންސިލުން އިހުމާލުވަމުންދާކަމަށް އާދަމް މަނިކު ވިދާޅުވި އެވެ. އަދި ސިޔާސީ ވެގެން މާލެ ތަރައްގީ ނުކުރެވޭނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު