ENGLISH
28 ފެބްރުއަރީ 2026
ސާފްގެ މުހިއްމު ދެ ކޮމިޓީއަކަށް އައްޑޯއާއި ސިމަން އިންތިހާބުވެއްޖެ
22 ފެބްރުއަރީ 2026
|
ސާފްގެ މުހިއްމު ދެ ކޮމިޓީއަށް އިންތިހާބުވި އައްޑޯ (ކ) އާއި ސިމަން. ފޮޓޯ: މިހާރު
އެންމެ މަޤްބޫލު
ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ، ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ މުހިއްމު ދެ ކޮމިޓީއަކަށް ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް މެޗު ކޮމިޝަނަރު، އަބްދުލް ހަމީދު އަބްދުލް ގަފޫރު (އައްޑޯ) އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރު އިސްމާއިލް ސިމަން އިންތިހާބުވެއްޖެއެވެ.
އެގޮތުން، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީކަން ވެސް ކުރީން ކުރައްވާފައިވާ މި ސަރަހައްދުގައި އެންމެ ފާހަގަކޮށްލެވޭ އެއް މެޗު ކޮމިޝަނަރު ކަމަށްވާ، އައްޑޯ ހަމަޖައްސާފައިވަނީ ސާފްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަމަށެވެ.
ސިމަން ވަނީ، ސާފްގެ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުގެ އިތުރުން އިލެކްޓޯރަލް ކޮމިޓީގެ މެންބަރުކަމަށް އިންތިހާބުވެފައެވެ.
ސިމަން އާއި އައްޑޯ މި މަގާމުތަކަށް އިންތިހާބުކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ބޭއްވި ސާފްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައެވެ. ސިމަން އާއި އައްޑޯ، މި ކޮމިޓީތަކުގައި މަސައްކަތްކުރައްވަން ޖެހޭ ހަތަރު އަހަރުގެ ދައުރު ފުރިހަމަވާނީ 2030 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށެވެ.