ENGLISH
18 ފެބްރުއަރީ 2026
ކޮމިޝަނަރު ނަވީން، ޝަރަފުވެރިކަމާއެކު މަޤާމުން ވަކިވެވަޑައިގެންފި
18 ފެބްރުއަރީ 2026
|
ނަވީން މިއަދު ވަނީ މަޤާމުން ވަކިވެވަޑައިގެންފައި --
އެންމެ މަޤްބޫލު
ޕޮލިސް ކޮމިޝަނަރގެ މަޤާމުގައި ހުންނެވި އިސްމާޢީލް ނަވީން ޝަރަފުވެރިކަމާއެކު ފުލުހުންގެ ޚިދުމަތުން ވަކިވެވަޑައިގެންފި އެވެ.
އެއްތިރީސް އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށް ފަހު ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންފައިވާކަން ނަވީން ވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފަ އެވެ. ރިޓަޔާ ކުރެއްވީ މިއަދުން ފެށިގެން ކަމަށްވެސް ވިދާޅުވި އެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަޤާމަށް ވަޑައިގެންނެވުމުގެ ކުރީން ވެސް ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގެވި ނަވީން ވިދާޅުވި ގޮތުގައި ޚިދުމަތުން ވަކިވެވަޑައިގެންނެވި ނަމަވެސް ފުލުހުންގެ މުއައްސަސާއަށް އޮތް އިތުބާރާއި ލޯބި އެގޮތުގައި ދެމި އޮތެވެ. އަދި ޤައުމަށް އޮތް ލޯބި އެގޮތުގައި ދެމި އެބަ އޮތް ކަމުގައި ވިދާޅުވި އެވެ.
ނަވީން ވިދާޅުވި ގޮތުގައި ފުލުހުންގެ މުއައްސަސާގައި ޚިދުމަތް ކުރުމަކީ ލިބުނު ފަޚުރެކެވެ.
ޕޮލިސް ކޮމިޝަނަރގެ މަގާމަށް އިސްމާޢީލް ނަވީން އައްޔަނު ކުރެއްވީ ޖޫން 10, 2025 ގަ އެވެ. އޭނާ އެ މަޤާމަށް އައްޔަނު ކުރެއްވީ އެ މަޤާމުގައި ކުރިން ހުންނެވި ޢަލީ ޝުޖާޢު އެޕްެރީލް 25, 2025 ވަނަ ދުވަހު އިސްތިޢުފާ ދެއްވުމުންނެވެ. ޝުޖާޢު އިސްތިޢުފާ ދެއްވުމުން ޕޮލިސް ސާވިސް ވަގުތީ ގޮތުން ހިންގެވީ ވެސް ނަވީން އެވެ.