ENGLISH
18 ފެބްރުއަރީ 2026
މުލަ ރޯދަ ދުވަސް އަދި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މަސްދަޅު ކޭސް ދޫކުރާނެ
18 ފެބްރުއަރީ 2026
|
ރޯދަ ހަދިޔާ ބެހުން. ފޮޓޯ؛ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒަރާ
އެންމެ މަޤްބޫލު
މި ހިނގާ 1447 ވަނަ ރަމަޟާން މަހާއި ގުޅިގެން ސަރުކާރުން ދެއްވާ ރޯދަ ހަދިޔާ މަސްދަޅުކޭސް، މުލަ ރޯދަ ދުވަސް އަދި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މާލެ ސަރަހައްދުގައި ދޫކުރާގޮތަށް ހަމަޖައްސައިފިއެވެ.
ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒަރާގެ ވަޒީރު ވިދާޅުވި ގޮތުގައި އެކި ސަބަބުތަކާ ހުރެ މަސްދަޅު ކޭސް ނުލިބި ތިބި މާލޭ ސަރަހައްދުގެ ފަރާތްތަކަށް ދޫކުރުން ހަމަޖެހިފައިވާ ވަގުތުތަކަކީ، މުލަ ރޯދަ ދުވަސް އަދި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 09:30 އިން 11:00 އަށެވެ.
މާލޭގައި މަސްދަޅުކޭސް ދޫކުރާނީ އެމް.ސީ.އެލް.ޕީގެ ޕަބްލިކްވަރކްސް ފެންޑާ (މާފަންނު ޓރެކްދަނޑު ކައިރި) ގައެވެ، އަދި ހުޅުމާލޭގައި މަސްދަޅު ކޭސް ދޫކުރާނީ، ފޭސް 1 އާއި ފޭސް 2 ގައި ހުން މިފްކޯ މަސްފިހާރަ ތަކުންނެވެ.
ކޮންމެ ރަމަޟާން މަހަކު ރޯދަ ހަދިޔާ ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދެނީ 48 ދަޅުގެ މަސްދަޅުކޭހެކެވެ.