ENGLISH
18 ފެބްރުއަރީ 2026
ރަމަޟާން މަހު އައިޖީއެމްއެޗްގެ ޚިދުމަތްތައް ލިބޭ ވަގުތުތައް އާންމުކޮށްފި
18 ފެބްރުއަރީ 2026
|
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް. ފޮޓޯ: ސަން
އެންމެ މަޤްބޫލު
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލް މަހުުގެ ފުރަތަމަ ހަތްވަނަ ދުވަހުގެ ނިޔަލަށް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގެ ޚިދުމަތްތައް ލިބޭނެ ގަޑިތައް އާންމުކޮށްފިއެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި، ހުރިހާ ޑިޕާޓްމެންޓެއްގެ ކައުންޓަރު ހުޅުވާފައި ހުންނާނެ އަދި ލެބޯޓަރީގެ ރޫޓީން ޓެސްޓުތަކަށް ސާމްޕަލް ނެގުމާއި ބަލައިގަންނާނެ ވަގުތަކީ ހެނދުނު 08:00 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށެވެ.
އިތުރު ޚިދުމަތްތަކަށް ހުޅުވިފައި ހުންނަ ވަގުތުތަކުގެ ތެރޭގައި، ކައިގެން 2 ގަޑިއިރު ފަހުން ލޭނެގުން (ޕީ.ޕީ.ބީ.އެސް) އަދި ސެމަން ސާމްޕަލް ނެގުން އޮންނާނީ ރޭގަނޑު 20:00 އިން ފެށިގެން 21:00 އަށެވެ. އަދި ބޭރަށް ފޮނުވައިިގެން ހަދާ ޓެސްޓުތަކުގެ ސާމްޕަލް ނެގުމަށް ހަމަޖެހިފައިިވާ ވަގުތުތަކަކީ އާދީއްތަ އަދި ބުދަ ދުވަހު ހެނދުނު 08:00 އިން 09:00 އަށް، ހޮނިހިރު، ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 08:00 އިން 10:00 އަށެވެ.
ރޭޑިއޮލޮޖީ އެޕޮއިންޓްމަންޓްތަކުގެ ތެރެއިން ސީޓީ ސްކޭން، އެމް.އާރް.އައި، އަލްޓްރާ ސައުންޑް ސްކޭން، މެމޯގްރާމް އަދި ބީ.އެމް.ޑީ ގެ ޚިދުމަތްތައް ހެނދުނު 09:00 އިން މެންދުރު 14:00 އަށް ކުރިއަށް ދާއިރު، އެކްސްރޭ ނެގުން ކުރިއަށް ދާނީ ހެނދުނު 09:00 އަކުން ފެށިގެން މެންދުރު 14:30 އާއި ހަމައަށެވެ.
ރަމަޝާން މަހަށް އެކި ޚިދުމަތްތައް ދިނުމުގެ ގަޑިތަކަށް ބަދަލުއައި ނަމަވެސް އިމްޖެންސީގެ ޚިދުމަތްތައް އަދި އެނދުމަތި ކޮށްގެން ދެވޭ ފަރުވާތައް މެދުކެނޑުމެއް ނެތި 24 ގަޑި އިރު ކުރިއަށް ދާނެއެވެ.