ENGLISH

18 ފެބްރުއަރީ 2026

Advertisement

ދ.ކުޑަހުވަދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

18 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެވިފައިވާ ހުރި ތަކެތީގެ ތެރެއިން ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެެވެ.

ފުލުހުން ބުނީ، މި މަހުގެ 17 ވަނަ ދުވަހު ނައްތާލާފައިވާ ތަކެއްޗަކީ ޑިސެމްބަރު 31، 2025 އިން ފެބްރުއަރީ 15، 2026 އަށް ދާލު އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ތަކެތި ކަމަށެވެ.

މިގޮތުން ކުޑަހުވަދޫ ގައި ނައްތާލާފައިވަނީ 126 ފުޅި ބަނގުރަލާއި 122 ދަޅު ބިޔަރެވެ.

ފުލުހުންގެ އިދާރާއިން ބުނީ، ބަނގުރާ ނައްތާލުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުރާ ގޮތުގެ ގަވާއިދުގެ ދަށުން، އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު