ENGLISH

18 ފެބްރުއަރީ 2026

Advertisement

ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނަން ފަށައިފި

18 ފެބްރުއަރީ 2026

|

ފާތުމަތު އަދާ

ފިތުރު ޒަކާތް ބަލައިގަންނަނީ: ފޮޓޯ:ވަން އޮންލައިން

މިއަހަރުގެ ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނަން ފަށަފިއެވެ.

މިއަހަރުގެ ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހު އެއް ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 27 ވަނަ ދުވަހާއި ހަމައަށް ކަމަށް މޯލްޑިސް ޒަކާތު ހައުސް އިން ވަނީ ބުނެފައެވެ.

ފިތުރު ޒަކާތް ދިރާގު ޕޭއާއި، އެމް ފައިސާއާއި، ފައިސާ މޮބައިލްއާއި، ބީއެމްއެލްއާއި، ފަހިޕޭއާއި އަވަސް އެޕް އަދި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ދެއްކޭނެއެވެ.

ފަހިޕޭ އަދި ބަނޑޭރިޕޭ މެދުވެރިކޮށް ޒަކާތް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ދެއްކޭނެއެވެ. އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން މީހުންނާއި އުމުރުން ދުވަސްވީ މީހުންނށް އިސްލާމި މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުގެ އިންތިޒާމު މޯލްޑިސް ޒަކާތު ހައުސް އިން ވަނީ ހަމަޖައްސާފައެވެ.

މާލެ ފިޔަވައި އެހެން ރަށްރަށުގެ ފިތުރު ޒަކާތް ބެހުމާއި ނެގުމުގެ ކަންތައްތައް ހަމަޖައްސާނީ އެތަނުގެ ކައުންސިލުންކަމަށް އިސްލާމީ ވުޒާރާއިން ވަނީ ބުނެފައެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައިކަން ޖެހޭ އަދަދަކީ:

  • އާޓާ ފުށުންނަމަ 75 ރުފިޔާ 
  • އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާ 
  • އާދައިގެ ފުށުންނަމަ 10 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑުލުންނަމަ 53 ރުފިޔާ 
  • ބާސްމަތީ އެންމެ މޮޅު ހަނޑުލުންނަމަ 136 ރުފިޔާ 
  • ރަތް ހަނޑުލުންނަމަ 96 ރުފިޔާ
  • ބާސްމަތީ މޮޅު ހަނޑުލުންނަމަ 109 ރުފިޔާ
  • ބާސްމަތީ އާދައިގެ ހަނޑުލުންނަމަ 77 ރުފިޔާ

ފިތުރު ޒަކާތް ދައްކަން ޖެހެނީ އެ ބަޔަކު އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތްތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު