ENGLISH
18 ފެބްރުއަރީ 2026
ހުޅުމާލެ މިސްކިތްތައް ކައިރީ ޕާކުކޮށްފައި ހުންނަތާ ދުވަސްވީ އުޅަނދުތައް ނަގަން އަންގައިފި
18 ފެބްރުއަރީ 2026
|
މަސްޖިދް ހަސަން އާދަމް މިސްކިތް-- ފޮޓޯ: އެޑިޝަން.އެމްވީ
އެންމެ މަޤްބޫލު
ހުޅުމާލެ މިސްކިތްތައް ކައިރީގައި ޕާކުކޮށްފަައި ހުންނަތާ ގިނަ ދުވަސްވީ އުޅަނދުފަހަރު ނަގަން ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު އަންގައިފި އެވެ.
ފުލުހުން ބުނީ، މިސްކިތްތައް ކައިރީ ގިނަ ދުވަސްވަންދެން ޕާކުކޮށްފައިވާ އުޅަނދުތައް ނަގަން އެންގީ ހުޅުމާލޭގެ މިސްކިތްތަކަށް ދާ މީހުންނަށް އެ ސަރަހައްދަކީ ފަސޭހަ ސަރަހައްދަކަށް ހެދުމަށާއި، ނަމާދަށް އަންނަ މީހުންނަށް ފަސޭހައިން ޕާކުކުރެވޭނެ އިންތިޒާމު ހަމަޖައްސެމުގެ ގޮތުން ކަަމަށެވެ.
މި ސަބަބުތަކަށްޓަކައި ހުޅުމާލޭ މިސްކިތްތައް ވަށައިގެން އޮންނަ ސަރަހައްދުގައި ޕާކުކޮށްފައި ހުންނަތާ ގިނަ ދުވަސްވީ އުޅަނދުތައް އެ ސަރަހައްދުން ނަގައިދިނުމަށް ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފައިވެއެވެ.
ރަމަޟާން މަހަކީ އަޅުކަމުގައި ގިނަ ބަޔަކު އަޅުކަމުގައި މަޝްޣޫލުވާ ދުވަސްވަރެކެވެ. އެގޮތުން މިސްކިތްތަކަށް ނަމާދަށް ދާ މީހުން ގިނަ މަހެއްކަން ފާހަގަކޮށްލަންޖެހެއެވެ.. ގިނަ މީހުން ނަމާދަށްދާ ދުވަސްވަރަކަށް ވުމުން ، އެ ސަރަހައްދުތަކުގައި ތޮށްޖެހުން މަދުކޮށް، ހިގައިބިގާވެ އުޅޭ ފަރާތްތަކަށް ރައްކާތެރި މާއުލެއް ގާއިމްކޮށްދިނުމަކީ ފުލުހުންގެ އިދާރާއިން އިސްކަންދީގެން ކުރަމުންދާ މަސައްކަތެކެވެ.
ފުލުހުން މިހާރުވެސް އަންނަނީ ގްރޭޓާރ މާލެ ސަރަހައްދުގައި ގިނަ ދުވަސްވަންދެން ޕާކްކޮށްފައި ހުންނަ އުޅަނދުފަހަރު ނެގުމުގެ މަސައްކަތް ކުރުމުގެ އިތުރުން، މަގުމަތީގައި ހުރެ ދުވަސްވެ ހަލާކުވެ ބާވާ އުޅަނދުތައް ނެގުމުގެ މަސައްކަަތް ކުރަމުންނެވެ.