ENGLISH

17 ފެބްރުއަރީ 2026

Advertisement

އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ފަސޭހައިން ކުލިއާ ކުރުމަށް، 3000 އަކަފޫޓުގެ ޝެޑެއް

16 ފެބްރުއަރީ 2026

|

ސުވެއިދާ ހުސެއިން

އަވަހަށް ހަަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް އަވަހަށް ކުލިއާ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެމްޕީއެލް ސަރަހައްދުގައި، 3،000 އަކަފޫޓުގެ ހިޔާ ކުރެވިފައިވާ ޝެޑެއް ހަދައިފިއެވެ.

އެމްޕީއެލުން ބުނީ މި ޝެޑް ގާއިމް ކުރީ ކުރިޔަށް އޮތީ ރަމަޟާން މަސް ކަމުން، އެމަހުގެ ތެރޭގައި  ތެރޭގައި ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއަރކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

މި ޝެޑް ހެދުމުން، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އަވަހަށް ބާލައި، ބެހެއްޓުމަށް އިތުރު ޖާގައެއް ލިބި،  ހަލުވި ކަމާއެކު ކްލިއަރކުރުމަށް މަގުފަހިވެގެންދާނެކަމަށް ވެސް  އެކުންފުނިން ވަނީ ބުނެފައެވެ.

 މާލޭގެ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ވިޔަފާރި ވެރިން ގެންނަ މޭވާ އާއި ތަރުކާރީ ކުލިއާ ކުރުމުގައި ލަސްތަކެއް ކުރިމަތިވެ، ތަކެތި ޑެމޭޖުވާ ހާލަތު އަންނަކަމަށާއި، އަދި އޭގެ ސަބަބުން  ތަކެތީގެ އަގަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަން މީގެ ކުރިން އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވެސް ވަނީ ވިދާޅުވެފައެވެ.

މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަކީ ޒަމާން ތަކެއް ވެފައިވާ ކަމެއްކަމުގައި ވިޔަސް އެކަމަށް ހައްލެއް މީގެ ކުރިން ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް މި ސަރުކާރުން ވަނީ އެ ދަތިކަން ހައްލު ކުރުމަށް ރާއްޖޭގެ އުތުރާއި ދެކުނުގައި ޕޯޓު ތަރައްގީ ކުރަމުންނެވެ. އަދި ދާއިމީ ހައްލެއްގެ ގޮތުން ތިލަފުއްޓަށް ތަނަވަސް ޖާގަ އާއި އެކު ވިޔަފާރި ބަނދަރު 2027 ގައި ބަދަލު ކުރައްވަވާނެ ކަމުގެ ޔަގީންކަން ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢީއްޒު، މި އަހަރުގެ ރިޔާސީ ބަޔާނުގައި ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު