ENGLISH

16 ފެބްރުއަރީ 2026

Advertisement

ހިފާފައިވާ ބިންތައް އިސްރާއީލުގެ މިލްކިއްޔާތަށް ހެދުމަށް ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

16 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ހުޅަނގު އައްސޭރީގެ ސަރަޙައްދެއް ސުންނާފަތިކޮށްލާފައި

ހުޅަނގު އައްސޭރީގެ އިސްތިއުމާރުކޮށްފައިވާ ބިންތަކަކީ އިސްރާއީލުގެ މިލްކިއްޔާތެއް ކަމުގައި ކަނޑައެޅުމަށް އެ ޤައުމުގެ އިސްތިއުމާރީ ބާރުތަކުން ނިންމި ނިންމުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

މި ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުޅިން ޚިލާފު، އަދި ފަލަސްޠީނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަތުމަށް އިސްރާއީލުން ހިންގާ ޣައިރު ޤާނޫނީ ވަޒަންވެރިވުމުގެ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމުގައި ދިވެހި ސަރުކާރުން ދެކޭ ކަމަށް ވަނީ ބުނެފަ އެވެ.

މިފަދަ ނިންމުންތަކަކީ ބައިނަލްއަޤްވާމީ ޤާނޫންތަކާ ޚިލާފު ކަމަކަށްވުމާއެކު، މިއީ ޢަދުލުވެރިކަމާއި ދެމެހެއްޓެނިވި ޞުލްޙަ ޤާއިމުކުރުމުގެ ފުރުޞަތުތަކަށް އެޅޭ ހުރަހެއް ކަމުގައި ވެސް ދިވެހި ސަރުކާރުން ބުންޏެވެ. އަދި، އިސްރާއީލުން ހިންގަމުންދާ މިފަދަ ޣައިރު ޤާނޫނީ ޢަމަލުތައް ވަގުތުން ހުއްޓުވައި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ. ގެ ޤަރާރުތައް ތަންފީޒުކޮށް، އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފަ އެވެ.

ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް ދިވެހި ސަރުކާރުން ކުރާ ތާޢީދު ވަނީ އައުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު