ENGLISH

12 ފެބްރުއަރީ 2026

Advertisement

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އީމާން ފޯވަހި ފަށައިފި

11 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

މޯލްޑިވްސް ކަލްޗަރަލް ސެންޓަރު (ސޯސަންވިލާ). ފޮޓޯ؛ ޕީއެސްއެމް

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްގެން އީމާން ފޯވަހީގެ ނަމުގައި ދީނީ މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް ފަށައިފިއެވެ. 

މި ހަރަކާތް ކުރިއަށް ގެންދަނީ މީގާތު ގްރޫޕުގެ ފަރާތުން މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. 

ހަރަކާތުގެ ތެރޭގައި ހިމެނިގެން އިލްމުވެރިންނާއެކު އިލްމީ އެކިއެކި ހަރަކާތްތައް ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ހިންގާނެއެވެ.

މި ފޯވަހީގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެން ދީނީ މައުލޫމާތުތައް ހިއްސާ ކުރައްވާނީ އައްޝައިޚު އަބްދުﷲ ސައުދާނާއި، އައްޝައިޚު އަބްދުﷲ ރަޝީދުގެ އިތުރުން އައްޝައިޚު ހުސައިން އަންޞާރެވެ.

މި ފޯވަހީގައި ހިމެނޭ ހަރަކާތްތަކަށް ބަލާއިރު ބުރާސްފަތި ދުވަހު އިލްމީ ފޯރަމަކާއި، ޒުވާނުންނާއެކު ބާއްވާ ފޯރަމެއްގެ އިތުރުން ބެލެނިވެރިންގެ ސެޝަނަކާއި، ދަރިވަރުންގެ ސެޝަނެއް ކުރިއަށް ގެންދާނެެއެވެ. 

ހުކުރު ދުވަހު އިލްމީ ސެޝަނަކާއި ހުކުރު ހުތުބާ ސެޝަނެއްގެ އިތުރުން ކޮފީ ވިތް ޝެއިޚު މި ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. 

އީމާން ފޯވަހީގެ ހަރަކާތްތައް ކުރިއަށް ދާނީ ކޮލަމްބޯގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރު (ސޯސަންވިލާ) ގައެވެ. 

 

ކިޔުންތެރިންގެ ހިޔާލު