ENGLISH
09 ފެބްރުއަރީ 2026
ރޯދަ މަހު ކެފޭ، ރެސްޓޯރެންޓު ހުޅުވާފަ ބެހެއްޓޭނީ މެންދަމު 3 އަށް؛ ފިހާރަތައް ދަންވަރު 1 އަށް
09 ފެބްރުއަރީ 2026
|
މާލޭގައި ހިންގާ ކެފޭއަކުން ބަޔަކު ހިދުމަތް ހޯދަނީ. --ފޮޓޯ: ޕިއެސްއެމް
އެންމެ މަޤްބޫލު
ރަމަޟާން މަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނާއި، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ހާމަކޮށްފިއެވެ.
ކޮންމެ ރޯދަ މަހަކު ވެސް އާންމުންނަށް ފަސޭހައިން ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކެފޭ، ރެސްޓޯރެންޓާއި ފިހާރަތައް ހުޅުވިފައި ހުންނަ ގަޑިތަކަށް ބަދަލުތައް ގެނެއެވެ.
އެގޮތުން، އިކޮނޮމިކް މިނިސްޓްރީ އިން ބުނީ، އެހެން ފަހަރުތަކެކޭ އެއްފަދައިން ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް، ރޯދަ މަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ. އަދި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ކޮންމެ ދުވަހަކުވެސް ފަތިހު 4:30 އިން ފެށިގެން މެންދަމު 3:00 އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ އެވެ.
މީގެއިތުރުން، މާދަމާ އިން ފެށިގެން ރޯދަ މަހުގެ ރޭތަކާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު މުދާ ވިއްކާ ތަންތަން ކޮންމެ ދުވަހެއްގެ ފަތިހު 5:30 އިން ފެށިގެން މެންދަމު 1:00 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
އެހެންކަމުން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނާއި، މުދާ ވިއްކާ ތަންތަނުން އިކޮނޮމިކް މިނިސްޓްރީން ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.