ENGLISH
21 ޖެނުއަރީ 2026
"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" އަންނަ މަހު 15 ގައި
21 ޖެނުއަރީ 2026
|
އެންމެ ފަހުން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް
ކުޅިވަރުގެ ދާއިރާގައި އުޅޭ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެމުން އަންނަ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ހަފްލާ އަންނަ މަހު ބާއްވަން ނިންމައިފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އިން ބުނީ، "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025" އަންނަ ފެބުރުއަރީ މަހުގެ 15 ގައި ޒުވާނުންގެ މަރުކަޒު ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިފަހަރުގެ އެވޯޑް ހަފްލާގައި 11 ދާއިރާއަކުން ނަން ހުށަހެޅުމަށް ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލިއެވެ.
އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލި ދާއިރާތައް:
- ސްޕޯޓްސްމަން / ސްޕޯޓްސްމުވަން އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)
- ޕެރާ ސްޕޯޓްސްމަން / ޕެރާ ސްޕޯޓްސްވުމަން އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)
- ސްޕޯޓްސް ޖާރނަލިސްޓް އޮފް ދަ އިޔަރ އެވޯޑް.
- މީޑިއާ އޮފް ދަ އިޔަރ އެވޯޑް (އޮންލައިން އަދި ބްރޯޑްކާސްޓިންގ)
- ސްޕޯޓްސް މެޑިކް އޮފް ދަ އިޔަރ އެވޯޑް.
- ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)
- ކޯޗް އޮފް ދަ އިޔަރ އެވޯޑް ( އަންހެން / ފިރިހެން)
- ޔަންގް ސްޕޯޓްސްމަން / ޔަންގް ސްޕޯޓްސްވުމަން އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)
- ސްޕޯޓްސް ވިޒުއަލް އާޓިސްޓް އޮފް ދަ އިޔަރ އެވޯޑް.
- ޕެރާ ސްޕޯޓްސްމަން / ޕެރާ ސްޕޯޓްސްވުމަން އޮފް ދަ އިޔަރ އެވޯޑް އޮލިމްޕިކް / ނޮން އޮލިމްޕިކް (އަންހެން / ފިރިހެން)
- ސްޕޯޓްސްމަން / ސްޕޯޓްސްމުވަން އޮފް ދަ އިޔަރ އެވޯޑް އޮލިމްޕިކް / ނޮން އޮލިމްޕިކް (އަންހެން / ފިރިހެން)
އެންމެ ފަހުން ބޭއްވި "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ގެ 'ސްޕޯޓްސްވުމަން އޮފް ދި އިޔަރ'ގެ މަގާމަށް ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީ ހޮވުނުއިރު، 'ސްޕޯޓްސްމަން އޮފް ދި އިޔަރ'ގެ އެވޯޑް ހާސިލްކުރީ ގައުމީ ފިރިހެން ޓޭބަލް ޓެނިސް ޓީމުގެ މުޙައްމަދު ޝައްފާން އިސްމާއިލެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް' އަކީ ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ޚިދުމަތްކޮށްދެއްވާފައިވާ އަދި ޚިދުމަތްކޮށްދެއްވަމުންދާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަކޮށްގެން ދިވެހިރާއްޖޭގައި ބާއްވަމުންދާ އެންމެ ޝަރަފްވެރި އިޙްތިފާލެވެ.