ENGLISH

21 ޖެނުއަރީ 2026

Advertisement

އިސްލާމީ ދާއިރާގެ މުހިއްމު ފަސް މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފި

21 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

އިސްލާމީ މަޝްރޫއުތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމީ ދާއިރާގެ އުމްރާނީ ތަރައްގީގެ މުހިއްމު ފަސް މަޝްރޫއެއް އެކި ކުންފުނިތަކާ ހަވާލުކޮށް އެއްބަސްވުންތަަކުގައި މިއަދު ސޮއިކޮށްފިއެވެ. 

އެ މަޝްރޫއުތަކުގެ ތެރޭގައި އިސްލާމީ މަރުކަޒުތަކާއި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުތައް އަދި މިސްކިތްތައް ތަރައްގީކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ. މި މަޝްރޫއުތައް ހިންގަނީ ރާއްޖޭގެ އާބާދީ ބޮޑު މުހިއްމު ބައެއް ރަށްރަށުގައެވެ. 

އެގޮތުން ގއ.ވިލިނގިލީގައި އިސްލާމީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޭ އެންޑް ހޯލްޑިން ޕްރައިވެޓް ލިމިޓެޑްއިންނެވެ. ވިލިނގިލީ އިސްލާމީ މަރުކަޒުގައި ކްލާސްރޫމާއި، ލައިބްރަރީއަކާއި ފިރިހެނުންނާއި އަންހެނުންނަށް ވަކިން ނަަމާދުކުރާ ބަޔާއި ވުޟޫކުރާ ބައި ހުންނާނެއެވެ. އަދި ކޮންވެންޝަނަަލް ހޯލެއްވެސް ގާއިމުކުރާނެއެވެ. މި މަރުކަޒުގައި 700 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ހުންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ. 

އޭގެ އިތުރަށް ވިލިނގިލީގައި ކްލާސްރޫމާއި، ހިފްޒު ކޮޓަރީގެ އިތުރަށް އޮފީސް ޖާގައެއް ހުންނަ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ އިމާރާތެއް އެޅުމުގެ މަސައްކަތް އަފާމީ މޯލްޑިވްސްއާ ވަނީ ހަވާލުކޮށްފައެވެ. 

ރާއްޖޭގެ އާބާދީ ބޮޑު އެއް ރަށް ކަމުގައިވާ ޅ.ނައިފަރުވައި 1،000 މީހުންނަށް ނަމާދުކުރެވޭ ޖާގަ ހުންނަ އިސްލާމީ މަރުކަޒެއް ތަރައްގީކުރުމުގެ މަސައްކަތް ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައިވެއެވެ. އެ އިސްލާމީ މަރުކަޒުގއިވެސް ކްލާސްރޫމާއި، ލައިބްރަރީއާއި، ދެ ޖިންސުގެ މީހުންނަަށް ވުޟޫކުރުމަށާއި ނަމާދުކުރުމަށް ވަކި ޖާގަތައް ހުންނާނެއެވެ. 

އަދި ހއ.އިހަވަންދޫގައި އިސްލާމީ މަރުކަޒެއް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފީޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. މި އިސްލާމީ މަރުކަޒުގައިވެސް އެހެން މަރުކަޒުތަކުގައި ހިމެނޭ ހުރިހާ ވަސީލަތްތަކެއް ގާއިމުކުރާނެއެވެ. މި މަރުކަޒަކީ 700 މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ ތަނެކެވެ. 

އިސްލާމީ މަޝްރޫއުތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ 

އޭގެ އިތުރަށް ކްލާސްރޫމާއި ލައިބްރަރީގެ އިތުރަށް އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދުކުރާނެ އަދި ވުޟޫކުރާނެ ޖާގަ ހިމެނޭ ގޮތަށް 500 މީހުންގެ ޖާގައިގެ މިސްކިތެއް ކ.ގުޅީގައި ތަރައްގީކުރުމުގެ މަސައްކަތް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައިވެއެވެ. 

އިސްލާމިކް މިނިސްޓްރީން ގެންދަނީ އިސްލާމީ ހިދުމަތްތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތަައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގުރުއާނާ ބެހޭ މަރުކަޒާއި އިސްލާމީ މަރުކަޒުތައް ތަރައްގީކުރުމުގެ މަސައްކަތްތައް އެކި ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްގެންދަމުންނެވެ. 

އަންނަ ރަމަޟާން މަސް ފެށުމުގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 15 މިސްކިތް ހުޅުވާނެއެވެ. އޭގެ ތެރޭގައި މާލޭ ސަރަހައްދުގައި އަލަށް ހުޅުވާ ފަސް މިސްކިތް ހިމެނެއެވެ. 

ކިޔުންތެރިންގެ ހިޔާލު