ENGLISH
11 ޖެނުއަރީ 2026
މިނިސްޓަރު ޠާރިޤު ޔޫ.އޭ.އީގެ މަންދޫބާ ބައްދަލުކުރައްވައިފި
10 ޖެނުއަރީ 2026
|
އިންޓަރނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީ (އައިރީނާ) ގެ 16 ވަނަ އެސެމްބްލީގެ ހަވާސާގައި، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހީމް، ޔޫނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން އައިރީނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ނަވާލް އަލް-ހުސަނީއާ ބައްދަލުކުރެއްވުމުގެ ތެރެއިން: ފޮޓޯ/ އެންވަޔަރަމެންޓް މިނިސްޓްރީ
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހީމް، ޔޫނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން އައިރީނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ނަވާލް އަލް-ހުސަނީއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުން ބާއްވާފައިވަނީ އިންޓަރނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީ (އައިރީނާ) ގެ 16 ވަނަ އެސެމްބްލީގެ ހަވާސާގެ ތެރެއިންނެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެމެހެއްޓެނިވި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަރަށް ބިނާކުރުވަނިވި މަޝްވަރާތަކެއް ކުރައްވާފައި ކަމަށެވެ. ޚާއްޞަކޮށް، އިއާދަކުރަނިވި ހަކަތައިގެ އައު އީޖާދުތަކާއި، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދެ ފަރާތުގެ މެދުގައި އޮތް އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެެއެވެ.
އެ މިނިސްޓްރީން އިތުރަށް ހާމަކުރިގޮތުގައި، މި މަޝްވަރާތަކަކީ ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވެ، ތިމާވެށްޓާއި ހަކަތައިގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތައް އަވަސްވެގެންދާނެ ކަމުގެ މުހިންމު ނިޝާނެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށާއި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން، މިފަދަ ބައިނަލްއަޤުވާމީ ބައްދަލުވުންތަކުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށް މަގުފަހިވެގެންދާނެއެވެ.
އައިރީނާގެ މިފަހަރުގެ އެސެމްބްލީގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާއިރު، ރާއްޖެއިން ދަނީ ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތުގައި ބައިނަލްއަޤުވާމީ ބައިވެރިންނާއެކު ގާތްގުޅުމެއް ބާއްވަމުންނެވެ.