ENGLISH
11 ޖެނުއަރީ 2026
ޑޮކްޓަރ ރެފަރެލް އާއި ފުރިހަމަ ލިޔުންތަކާއެކު ހުށައަޅައިފިނަމަ ބޭރަށްދާން އާސަންދަ ލިބޭނެ
11 ޖެނުއަރީ 2026
|
އާސަންދަ ލޯގޯ
ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރ ރެފަރެލް އާއި ފުރިހަމަ ލިޔުންތަކާއެކު ހުށައަޅައިފިނަމަ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އާސަންދައިގެ ދަށުން އެހީތެރިކަން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އާސަންދައިން މިހެން ބުނީ އާސަންދަ ނުލިބޭ ކަަމަށް ބުނެ ޒުވާނެއްގެ މައުލޫމާތު ހިމަނާ ޕޯސްޓެއް އާންމުކޮށް އާންމުންގެ އެހީތެރިކަަމަށް އެދުމާއި ގުޅިގެންނެވެ.
އާސަންދައިން ބުނީ އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށް ޑޮކްޓަރ ރެފަރެލް އާއި ފުރިހަމަ ލިޔުންތަކާއެކު ހުށައަޅައިފިނަމަ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އާސަންދައިގެ ދަށުން އެހީތެރިކަން ލިބޭނެ ކަމަށެވެ.
ބައެއް މީހުން އެފަދަ ޕޯސްޓްތައް އާންމުކުރަނީ އާސަންދައިގެ އެހީތެރިކަން ހޯދުމަށް ހުށައަޅަން ޖެހޭ ހުރިހާ ލިޔެކިޔުމެއް ހުށަނާޅާ އެވެ. އަދި ޑޮކްޓަރުގެ ލިޔުންތަކާއި ވެސް ނުލަ އެވެ. އެފަދަ ޙާލަތެެއްގައި މިހާރު އޮންނަ އުސޫލު އޮންނަ ގޮތުން އާސަންދަ ދެވޭކަށް ނޯވެ އެވެ.
އާސަންދަ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެ ނިޒާމުން ސީދާ ބޭނުންވާ މީހާއަަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.