ENGLISH

11 ޖެނުއަރީ 2026

Advertisement

މައްސަލަތައް ދެނެގަންނަން ކުދި ވިޔަފާރިތަކާއެކު ބައްދަލުވުންތައް ބާއްވާނަން: ވަޒީރު

10 ޖެނުއަރީ 2026

|

ޢަލީ ޝަހީމް

ވަޒީރު ސައީދު އޮތެންޓިކް މޯލްޑިވްސްގެ 6 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ: ބީސީސީ

ވިޔަފާރިތަކުގެ އަޑުއެހުމަށް ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުން މުހިންމު ކަމަށް، މިނިސްޓަރ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ އޮތެންޓިކް މޯލްޑިވްސްގެ 6 ވަނަ އަހަރީ ޙަފްލާގައި ވާހަކަދައްކަވަމުންނެވެ. 

މިނިސްޓަރ ވިދާޅުވި ވިޔަފާރިތަކަށް ދެވޭ ޚިދުމަތްތައް ހަރުދަނާ ކުރެވޭނީ ސީދާ ވިޔަފާރިވެރިންނާ ވާހަކަ ދެކެވި ސީދާ މައްސަލަތައް ދެނެގަނެވިގެން ކަމަށެވެ. އެހެންކަމުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު، ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ނިންމެވުމާއެކު، ކުދި ވިޔަފާރިތަކާއެކު ބައްދަލުވުންތަކެއް ބާއްވަމުން ގެންދަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޮތެންޓިކް މޯލްޑިވްސްގެ 6 ވަނަ އަހަރީ ޙަފްލާގައި ވަނީ 2025 ވަނަ އަހަރު އޮތެންޓިކް މޯލްޑިވްސްގެ ބެސްޓް ސެލަރ އެވޯޑު 10 ފަރާތަކަށް ދީފައެވެ.

އޮތެންޓިކް މޯލްޑިވްސްގެ 6 ވަނަ އަހަރީ ޙަފްލާގެ ތެރެއިން. ފޮޓޯ: ބީސީސީ

ދިވެހިރާއްޖޭގެ އަމިއްލަވަންތަ އުފެއްދުންތައް އިޝްތިހާރުކޮށް، ވިއްކައި، އެއިން ދިވެހި އުފެއްދުންތެރިންނަށް ނަފާ ހޯދަދިނުމުގެ މަގްސަދުގައި އޮތެންޓިކް މޯލްޑިވްސް ވުޖޫދުވީ 2020 ޖަނަވަރީ 9 ވަނަ ދުވަހު އެވެ. 

އޮތެންޓިކް މޯލްޑިވްސްއަށް 6 އަހަރު ފުރުނުއިރު، މި މަރުކާ ވެގެންގޮސްފައި މިވަނީ ރާއްޖޭގެ ފަންނުވެރިންނާއި، ކުދި ވިޔަފާރިތަކާއި، މަސައްކަތްތެރިން ރާއްޖެއާއި ރާއްޖޭން ބޭރުގެ ބާޒާރުތަކާ ގުޅުވައިދޭ އިތުބާރު ހުރި މަންސައަކަށެވެ.

މިދިޔަ އަހަރު އޮތެންޓިކް މޯލްޑިވްސްއިން ގިނަ ކާމިޔާބީތަކެއް ހާސިލްކުރިއިރު، އޮތެންޓިކް މޯލްޑިވްސްގައި ރަޖިސްޓަރީ ވެފައިވާ ސަޕްލަޔަރުންނަށް ދުނިޔޭގެ މަޝްހޫރު އީކޮމަރސް ޕްލެޓްފޯމް، އަލީބާބާގައި ތަކެތި ވިއްކުމުގެ ފުރުޞަޠު ވަނީ ފަހިކޮށްދީފައެވެ. 

އޮތެންޓިކް މޯލްޑިވްސްގެ ސަޕްލަޔަރުންގެ ގޮތުގައި މިހާރު 407 ވިޔަފާރިއަކުން ވަނީ ރަޖިސްޓްރީވެފައެވެ. މީގެ ތެރެއިން 49 ވިޔަފާރިއަކީ ނިމުނު 2025 ވަނަ އަހަރު އަލަށް ރަޖިސްޓަރީވި ވިޔަފާރިތަކެވެ.

އޮތެންޓިކް މޯލްޑިވްސްގެ ސަޕްލަޔަރުންނަށް 2024 ވަނަ އަހަރު 26.4 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، 2025 ވަނަ އަހަރު މި އަދަދު އިތުރުވެ ސަޕްލަޔަރުންނަށް 31.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު