ENGLISH

11 ޖެނުއަރީ 2026

Advertisement

ފުޅާ ދާއިރާއެއްގައި ޑްރަގް ވިޔަފާރި ހިންގާ މަނީ ލޯންޑާކުރާ ނެޓްވޯކެއް ހުއްޓުވަން ބޮޑު އޮޕަރޭޝަނެއް

11 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

ފުލުހުންގެ ހިދުމަތުގެ ހަރަކާތެއްގެ ތެރެއިން،

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯކްތައް ހުއްޓުވައި ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގއ އަތޮޅާއި މާލެ ސަރަޙައްދުގައި ހިންގަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މިއަދު ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ގއ އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ މަނީ ލޯންޑަރީންގެ އަމަލުރައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަންގެ ތެރެއިން ތުހުމަތު ކުރެވޭ ފަރާތްތަކާއި ގުޅުންހުރި ތަންތަން ބަލައި ފާސްކުރާނެ އެވެ. އަދި ޤާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަޭޝަން ކުރިއަށް ގެންދަނީ ސައުތު ޕޮލިސްގެ ޚާއްސަ ޓީމުތަކާއި އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޮޕަރޭޝަންގެ ފަސްފަހަތް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިވެހި ފުލުހުންގެ ހިދުމަތުން ޑްރަގު ވިއްކާ މީހުންނާ ދެކޮޅަށް ހިންގަން ފެށި އަލިމަގު އޮޕަރޭޝަނުގައި މިހާތަނަށް 166 ތަނެއް ބަލައިފާސްކޮށް 193 މީހަކު ކުރީން ވަނީ ހައްޔަރުކޮށްފަ އެވެ.

އަލިމަގު އޮޕަރޭޝަން ފެށީ ނޮވެމްބަރު 13 ވަނަ ދުވަހު އެވެ. ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަށް އެދުވަހު މުޅި ރާއްޖޭގައި ފެށި އޮޕަރޭޝަނުގައި 500 ފުލުހުން ބައިވެރިވި އެވެ. 

މި އޮޕަރޭޝަން 39 ރަށެއްގައި ހިންގައިފަ އެވެ. އޮޕަރޭޝަނުގައި ހައްޔަރުކުރި 193 މީހުންގެ ތެރޭގައި ހިމެނެނީ 186 ފިރިހެނުންނާއި 7 އަންހެނުންނެވެ. ފުލުހުން ބުނީ އޮޕަރޭޝަނުގައި 9 އެއްގަމު އުޅަނދު ބަލައިފާސްކޮށް، 1 ކަނޑުއުޅަނދު ފާސްކޮށްފައިވާނެ ކަމަށެވެ. 

އޮޕަރޭޝަނުގެ ތެރެއިން 30.63 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްއިރު 182 ބަނގުރާ ފުޅި އަދި ދަޅު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު