ENGLISH
09 ޖެނުއަރީ 2026
މިންތީގެ ތަފާތުކުރުމާއި ގެވެށި އަނިޔާއާ ދެކޮޅަށް ވަކާލާތުކުރާނެ 400 އަށް ވުރެ ގިނަ ޒުވާނުން ތަމްރީނުކޮށްފި
07 ޖެނުއަރީ 2026
|
މިންތީގެ ތަފާތުކުރުންތަކާއި ގެވެށި އަނިޔާއާ ދެކޮޅަށް ވަކާލާތުކުރާނެ ޒުވާނުން ތަމްރީންކުރުން: ފޮޓޯ/ސަރުކާރު
މިންތީގެ ތަފާތުކުރުންތަކާއި ގެވެށި އަނިޔާއާ ދެކޮޅަށް ވަކާލާތުކުރާނެ 400 އަށް ވުރެ ގިނަ ޒުވާނުން ތަމްރީނު ކުރެވިއްޖެކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ޒުވާނުން ތަމްރީން ކުރި މި ޕްރޮގްރާމަކީ އަންހެނަކަށް ވީތީ ކުރާ އަނިޔާ ނުވަތަ ކުޑަކުދިންނަށް ކުރާ އަނިޔާ މަދުކުރުމަށް ރައްކާތެރިކުރުމުގެ ޕްރޮގްރާމެއް ކަމަށެވެ. މި މަސައްކަތުގައި ތަމްރީން ކުރެވޭ ދަރިވަރުންނަކީ ޕިއަރ އެޑިއުކޭޓަރުންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު މިކަމުގައި ތެދުވެ މުޖުތަމަޢު ތެރޭގައި މަސައްކަތްކުރާނެ ކަމަށެވެ.
ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާ ގެވެށި އަނިޔާއާ ދެކޮޅަށް ވަކާލާތުކުރާނެ ޒުވާނުން ތައްޔާރުކުރުމަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އާ ގުޅިގެން "އެކު އެކީ" ނަމުގައި ފެށި ޕްރޮގްރާމެކެވެ. މި މަސައްކަތް ފެށި އިރު ރޭވިފައިވަނީ ޕްރޮގްރާމްގެ ދަށުން ޖުމްލަ 500 ޒުވާނުން ތަމްރީންކުރުމަށެވެ.
ޕިއަރ އެޑިކުޓޭރަނުންނަކީ އެއް އުމުރުފުރައެއްގެ ޒުވާނުންގެ މެދުގައި މަޢުލޫމާތު ހިއްސާކުރުމުގައްޔާއި އެކުވެރިޔާއަށް އެހީތެރިވުމަށް ތަމްރީންކުރާ ފަރާތެކެވެ. އަދި މިއީ ޒުވާނުން ކަމަށްވުމުން ޒަމާނީ ވަޞީލަތްތައް މެދުވެރިކޮށް، ޢިލްމީ އަދި ދުޅަހެޔޮ ރައްކާތެރި ޚިޔާލުތައްދިނުމުގައި މައިގަނޑު ރޯލެއް މި އެޑިއުކޭޓަރުން އަދާ ކުރެއެވެ.