ENGLISH
09 ޖެނުއަރީ 2026
ކޮންގްރެސް ޕާޓީގެ އޮފީސް ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވައިފި
09 ޖެނުއަރީ 2026
|
ޕާޓީގެ ޖަގަހާގައި ކޮންގްރެސްގެ ސިޓީ މޭޔަރު ކެންޑިޑޭޓުންނާއިއެކު --
ސަރުކާރު ހިންގާ މައި ޕާޓީ -- ކޮންގްރެސް ޕާޓީގެ އޮފީސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ހުޅުވައިދެއްވައިފި އެވެ.
ހ. ވެޔޮވިލާގައި ޤާއިމުކޮށްފައިވާ ކޮންގްރެސް ޕާޓީގެ މައި އޮފީހާއި ޕާޓީގެ މައި ޖަގަހަ ހުޅުވައި ދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މެންބަރުންނާއި މުޚާތަބު ކުރައްވާ ވާާހަކަފުޅު ދައްކަވާފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި ކޮންގްރެސް ޕާޓީގެ މައި އޮފީސް ހިންގާނީ ޑިމޮކްރަސީގެ ރިވެތި އުޞޫލުގެ މަތިންނެވެ.
މިރޭ ފެށިގެން ދިޔައީ ވަރަށް ވެސް މުހިއްމު މަސައްކަތެއް ކަމަށާއި، ހުޅުވިގެން ދިޔައީ ވަރަށް ވެސް މުހިއްމު އިމާރާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެެވެ.
"އާދެ މި ޕާޓީ ދުވަހެއް ދުވަހަކަށް ބޮޑުވެ، ހަރަކާތްތެރިކަން އިތުރުވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ދުވެލި ހަލުވިވެ ބާރު ސްޕީޑުގައި ގެންދިއުމުގައި މިއަދު މިތަނުގައި މިރޭ އަޅުގަނޑުމެން މި ހުޅުވި މައި އޮފީސް އިރާދަކުރެއްވިއްޔާ ވެގެންދާނީ ޑިމޮކްރަސީގެ ރިވެތި އުޞޫލުގެ މަތިން ސިޔާސީ ޕާޓީއެއް އެންމެ ފުރިހަމައަށް އެންމެ ޒިންމާދާރުކަމާއެކީގައި ހިންގުމަށްޓަކައި ބޭނުންކުރެވިގެންދާނެ މުހިއްމު ވަސީލަތެއްގެ ގޮތުގައި" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ވަނީ ޕީއެންސީގެ މައި އޮފީސް އިމާރާތް ފުރިހަމަކޮށް ހަދައި ޕާޓީގެ މެންބަރުންނަށް ބޭނުންކުރެވޭ ގޮތް މަގުފަހިކޮށްދިނުމުގައި މަސައްކަތްކުރި އެންމެންނަށް ޝުކުރުދަންނަވާފައެވެ.