ENGLISH
09 ޖެނުއަރީ 2026
އެފްޑީސީގެ ފަހި އިންޓީރިއާގެ ހިދުމަތް: ފްލެޓް ލިބުނު މީހުންނަށް ރަނުގެ ފުރުސަތެއް
07 ޖެނުއަރީ 2026
|
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓްތައް --
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ގެދޮރުވެރިޔާ ފްލެޓްތައް ލިބުނު މީހުންނަށް ފަރުނީޗަރު ވިއްކުމުގެ ޕެކޭޖުތަކެއް ތައާރަފުކުރަން ނިންމާފައިވާ ކަމަށާއި، ނަމަވެސް ފްލްޓްތައް ލިބުނު މީހުންނަށް އެ ހިދުމަތް ބޭނުންކުރުމަށްް މަޖުބޫރުނުވާނެ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
މި ހިނގާ ޖަނަވަރީ މަހުގެ 25 ގެ ކުރިން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްގީކުރަމުންދާ 4،000 ހައުސިން ޔުނިޓްތަކުގެ ތަޅުދަނޑިތައް ހަވާލުކޮށް ނިންމުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނައިރު 'ފަހި އިންޓީރިއާ'ގެ ނަމުގައި ފްލެޓްތަކަށް ފަރުނީޗަރު ފޯރުކޮށްދޭނެކަމަށް ބުނެ ކުންފުނިން އަންނަނީ އިޝްތިހާރުކުރަމުންނެވެ.
ކުންފުނިން ފެށުމަށް ނިންމާފައިވާ މި ހިދުމަތުގެ އިތުރު މައުލޫމާތު "އެމްއެމްޓީވީ"އަށް ދެއްވަމުން އެމްޑީ ހަމްދާން ވިދާޅުވީ ފަހި އިންޓީރިއާއިން ފަރުނީޗަރު ފޯރުކޮށްދިނުމުގެ ހިދުމަތްދޭނީ ހަމައެކަނި އެ ކޯޕަރޭޝަނުގެ ފްލެޓްތައް ލިބުނު މީހުންނަށް އެކަނި ކަމަށެވެ.
މި ހިދުމަތަކީ ފްލެޓް ލިބުނު މީހުންނަށް ތަނުގެ އިންޓީރިއާ މަސައްކަތްކޮށްދޭން ދޭ އިތުރު "އޮޕްޝަނެއް" ކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.
ހަމްދާން ވިދާޅުވީ މި ފުރުސަތުގެ ދަށުން އެފްޑީސީން އެކަން ކޮށްދޭނީ ހެޔޮ އަގުގައިކަމަށާއި އަގުތަކުގެ ޕެކޭޖުތައް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށެވެ.
އެފްޑީސީން މި ހިދުމަތް ފޯރުކޮށްދެނީ ހަމައެކަނި އެ ކޯޕަރޭޝަނުގެ ފްލްޓްތައް ލިބުނު މީހުންނަށް އެކަނިކަމަށްވާތީ މިއީ އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ކޮންމެހެން ބައިވެރިވުން މަޖުބޫރު ހިދުމަތެއްކަމަށް ބުނެ ފަތުރާ ވާހަކަތަކާއި އަދި ކުންފުނީގެ މި އަމަލަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑު ގޮންޖެހުމަކަށްވާނެ ކަމެއްކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތަކަށް ހަމްދާން ވަނީ ރައްދުދެއްވާފައެވެ.
"މި ހިދުމަތް ހޯދުމަށް އަޅުގަނޑުމެން އެއްވެސް ބަޔަކަށް މަޖުބޫރެއް ނުކުރާނެ. ފްލެޓެއްގައި ދިރިއުޅޭ ބަޔަކު ހިދުމަތްތަށް އެދި ހުށަހެޅުމުން މި ހިދުމަތް ފޯރުކޮށްދެވިގެންދާނެ. ބޭނުމިއްޔާ އެބަޔަކު ބޭނުންވާ އެހެން ބަޔަކުވެސް ހަމަޖެއްސިދާނެ. އަޅުގަނޑުމެންގެ މަގުސަދަކީ ބޮޑެތި އަދަދުތަކުން މި ހިދުމަތަށް ފައިސާ ހަރަދު ނުކުރެވޭ މީހުންނަށް ޖާގަ ސަލާމަތްކުރެވޭފަދަ ފަރުނީޗަރު ފޯރުކޮށްދިނުން. " - އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް
ޖަނަވަރީ މަސް ނިމުމުގެ ކުރިން ފަހި އިންޓީރިއާގެ ހިދުމަތް ފެށިގެންދާނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.
އެފްޑީސީގެ ފްލެޓްތައް ކަމަށްވާ "އަމާންދޯދި" އަދި "އަމާން އުދަރެސް" ފްލެޓްތައް ލިބުނު މީހުންނާ ހަވާލުކުރުމުގެ މަސައްކަތް މިހާރު އެ ކުންފުނިން އަންނަނީ ކުރަމުންނެވެ. އެފްޑީސީން އަމާޒު ހިފާފައިވަނީ ދިރާސީ އަހަރު ފެށުމުގެ ކުރިން ފްލެޓްތައް ހަވާލުކޮށް ނިންމާލުމަށެވެ.