ENGLISH

08 ޖެނުއަރީ 2026

Advertisement

ފެރިދޫ ސިއްހީ މަރުކަޒުގެ ފައުންޑޭޝަން އެޅުމުގެ ތައްޔާރީތައް ފަށައިފި

07 ޖެނުއަރީ 2026

|

އައިޝަތު ޝާލީން

އއ. ފެރިދޫ ސިއްހީ މަރުކަޒުގެ މަސައްކަތް -- ފޮޓޯ: އެމްޓީސީސީ

އއ. ފެރިދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތުގެ ދަށުން ފައުންޑޭޝަން އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. 

އެމްޓީސީސީން ގެންދަނީ އެކުންފުނިން ކުރިއަށްގެންދާ މަޝްރޫއުތަކުގެ މައުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. 

އެގޮތުން ފެރިދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ރީއިންފޯސްމަންޓް އަދި ޝަޓަރިންގެ މަސައްކަތްކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. މިއީ އިމާރާތުގެ ފައުންޑޭޝަން ޕެޑް އެޅުމަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. 

ފެރިދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ރަސްމީކޮށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު 19 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. 

ކިޔުންތެރިންގެ ހިޔާލު