ENGLISH

09 ޖެނުއަރީ 2026

Advertisement

އުމުރުން ދުވަސްވީ އަންހެނަކަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި

07 ޖެނުއަރީ 2026

|

ސުވެއިދާ ހުސެއިން

ގޯޅިއެއް ތެރޭގައި ފިރިހެނަކާއި ދުވަސްވީ އަންހެނަކާއި ދެމެދު ހިންގި މާރާމާރީ: ފޮޓޯ:އެމްވީކްރައިސިސް

މާލޭގެ ގޯޅިއެއް ތެރޭގައި އުމުރުން ދުވަސްވީ އަންހެނަކަށް އަނިޔާކުރި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވި، ވީޑިއޯގައި ފެންނަނީ ހަނި ގޯޅިގަޑެއްގެ ތެރޭގައި ފިރިހެނަކު ދުވަސްވީ އަންހެނެއްގެ ދެމެދުގައި ޒުވާބެއް ކުރާތަނެވެ. އަދި އަންހެން މީހާ އަށް އަނިޔާކުރާ މަންޒަރު ފެނެއެވެ. 

ފުލުހުން ބުނީ ގ. ހަވޭލީ ގޯޅީގައި، ބަޔަކު ހަމަނުޖެހުން ހިންގައި، މާރާމާރީ ހިންގި މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައި ވަނީ އަންގާރަ ދުވަހުގެ ރޭ 8:59 ހާއިރު ކަމަށެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި ގ. ޝީރާޒު އަލީ އިމްރާން ވަހީދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ފުލުހުންގެ އިދާރާއިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު