ENGLISH

03 ޖެނުއަރީ 2026

Advertisement

ނިމާލް ނިޔާވެއްޖެ ކަަމަށް ބުނެ ފަތުރަނީ ދޮގެއް، ހެޔޮ ދުޢާކޮށްދީ: އާއިލާ

03 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

އަހްމަދު ނިމާލް --

މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރު އަޙްމަދު ނިމާލް މިރޭ ނިޔާވެއްޖެ ކަމަށް ބުނެ ފަތުރާ ވާހަކަތައް އާއިލާ އިން ދޮގުކޮށްފި އެވެ.

ނިމާލްގެ ކޮއްކޮއެއް ކަމަށްވާ ލިލީތާ މަސްއޫދު ބުނީ ބޭބެ ނިޔާވެއްޖެ ކަަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ވާހަކަތައް ނުފަތުރަން އެދިފައިވެ އެވެ. ނިމާލްގެ ދޮށީ ފިރިހެން ދަރިފުޅު, ޖުމައްޔިލް ނިމާލް ވެސް ވަނީ އޭނާގެ ބައްޕަގެ ހާލަތު އިއްޔެއަށް ވުރެ މިއަދު ކޮންމެވެސް ވަރަކަށް އިމްޕްރޫވް ކަން ފާހަގަކޮށް ދޮގު ވާހަކަތައް ނުފަރުތަން އެެދިފަ އެވެ.

އަދި ވީހާވެސް ގިނަ ބަޔަކު ހެޔޮ ދުއާކޮށް ދޭން އެދިފައިވެ އެވެ.

ފިލްމީ ދާއިރާއިން ފެނުނު އެންމެ މޮޅު އެކްޓަރުންގެ ތެރޭގައި ހިމެނޭ ނިމާލަށް ސްޓްރޯކެއް ޖެހުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު މިވަގުތު އައިޖީއެމްއެޗްގެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.

ރޭގެ ވަގުތެއްގައި ވަނީ ބޮލުގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު