ENGLISH
03 ޖެނުއަރީ 2026
ބިދޭސީންތަކެއް މާރާމާރީ ހިންގުން: ދެ މީހަކު ހައްޔަރު ކޮށްފި
03 ޖެނުއަރީ 2026
|
ދިވެހި ފުލުހުންގެ ޚިދުމަތް --
މާލޭގައި މިރޭ ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރީއަކާއި ގުޅިގެން ދެ މީހަކު ހައްްޔަރު ކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
މިރޭ ހިނގި މާރާމާރީއާ ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުން ބުނީ ހ. ވައިޖެހޭ މަގުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިންގާފައިވާ ކަމަށާ މި މާރާމާރީގެ ރިޕޯޓް ފުލުހަށް ލިބުނީ މިރޭ 11:23 ހާއިރު ކަމަށެވެ.
މާރާމާރީގެ އެ ރިޕޯޓާއި ގުޅިގެން ފުލުހުން ވަނީ އެ ސަރަޙައްދަށް ގޮސް ދެ މީހަކު ހައްޔަރު ކޮށްފަ އެވެ. އެއީ ދެ ބިދޭސީން ކަމަށް ބުންޏެވެ.
މާރާމާރީގެ އެ މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ. ބިދޭސީންގެ ސަބަބުން އިޖްތިމާޢީ ގިނަ މައްސަލަތަކެއް ކުރިމަތިވަމުންދާއިރު އެފަދަ މައްސަލަތައް ޙައްލުކުރަން ސަރުކާރުން ދަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރޭގަނޑު ދަންވަރު މަގުތަކުގައި އުޅޭ ބިދޭސީންނާއި ސުވާލުކޮށް އެ މީހުންގެ ހަރަކާތްތައް ވެސް ފުލުހުން ދަނީ ބަލަމުންނެވެ.