ENGLISH

31 ޑިސެމްބަރު 2025

Advertisement

އައު ޓާމިނަލުގެ ހިދުމަތަށް އިތުރު ފުރިހަމަކަމެއް؛ ދިވެހިންނަށް އީ-ގޭޓް ސާވިސް އިފުތިތާހުކޮށްފި

31 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ވީއަައިއޭގެ ޓާމިނަލް އެކެއްގައި އީ-ގޭޓުގެ ހިދުމަަތް ފެއްޓަވައިދެއްވުން، ފޮޓޯ: އިމިގްރޭޝަން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގައި ގާއިމުކޮށްފައިވާ އީ-ގޭޓްތަކުން ދިވެހިންނަަށް ހިދުމަތް ދޭން ފަށައިފިއެވެ. 

ވީއައިއޭގައި ބޭއްވައި ހާއްސަ ރަސްމިއްޔާތެއްގައި ވީއައިއޭގެ އެއްވަނަ ޓާމިނަލުގައި ގާއިމުކޮށްފައިވާ އީ-ގޭޓުތަކުން ދިވެހިންނަށް ހިދުމަތް ދިނުން އިފުތިތާހުކޮށްދެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑްް އަހްމަދު ފަސީހެވެ. 

މި ރަސްމިއްޔާތުގައި ދިވެހިން ފުލުހުންގެ ހިދުމަތުގެ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލު ނަވީނާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފު މުހއްމަދު ޝަރަފުވެރި މެހެމާނުންގެ ގޮތުގައި ބައިވެރިވެވަޑައިގަތެވެ. 

މިއަދު އައު ޓާމިނަލުން ފުރާ އަދި އެޓާމިނަލަށް އަންނަ ފަރާތްތަކަށް ހިދުމަތް ދިނުމަށް ޖުމްލަ 10 އީގޭޓެއްވަނީ އިފުތިތާހުކޮށްފައެވެ. އެއާއެކު އެއްވެސް ދަތިކަމެއް ނެތި ދިވެހި ފަސިންޖަރންނަށް ޕާސްޕޯޓާ ގުޅުންހުރި ހިދުމަތްތައް ލިބޭނެއެވެ. 

އީ-ގޭޓަކީ އިލެކްޓްރޯނިކް ޕާސްޕޯޓުތައް އަމިއްލައަށް ސްކޭންކުރުމަށްފަހު އިމިގްރޭޝަނުގެ ހިދުމަތް ލިބިގަނެވޭ ގޮތަށް ގާއިމުކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމާއެކު ކިއުގައި ގިނައިރު މަޑުކުރަންނުޖެހި ޕާސްޕޯޓު ސްކޭނުކުރުމުގެ ހިދުމަތް ހޯދޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު