ENGLISH

31 ޑިސެމްބަރު 2025

Advertisement

96 މަސާޖު ޕާލާ ބަންދު، ރައީސް ގޮވާލެއްވީ ފާހިޝް ކަންކަމާ މުންކަރާތްތަކަށް ނޫނެކޭ ބުނާ ބަޔަކަށްވުމަށް

31 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ކެބިނެޓް ބައްދަލްވުމެއް ކުރިއަށް ދަނީ -- ފައިލް ފޮޓޯ

އަޅުގަނޑުމެންނަކީ ފާޙިޝް ކަންކަމާއި އެންމެހާ މުންކަރާތްތަކަށް ނޫނެކޭ ބުނާ ބަޔަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފި އެވެ.

އެމަނިކުފާނު އެކަމަށް އިލްތިމާސް ކުރެއްވީ ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާޙިޝް ޢަމަލުތައް އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން ހިންގަމުންދާ މަސާޖު ޕާލާތައް ބަންދު ކުރުމަށް ފެށި އޮަޕަރޭޝަންގެ ފަހުގެ މައުލޫމާތު ހިއްސާކޮށް މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

މި އޮޕަރޭޝަން ފެށީ މި މަހުގެ ނުވަވަނަ ދުވަހު އެވެ. ރައީސް ވިދާޅުވި ގޮތުގައި މި އޮޕަރޭޝަން ގެ ދަށުން މިއަދާ ހަމަޔަށް 96 މަސާޖު ޕާލާ ވަނީ ބަންދުކުރެވިފަ އެވެ.

ރައީސްގެ ޕޯސްޓްގައި ވިދާޅުވީ މިފަދަ ތަންތަން ހިނގަމުންދަނީ މިފަދަ ތަންތަނުގެ ބޭނުން ހިފާ ފަރާތްތައް ތިބި ކަމީ ހިތާމަޔާ އެކީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމަށެވެ.

އަދި މުޖުތަމަޢުން ފާޙިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކުރެވޭނީ، މުޖުމަތަޢުގެ ޙާލަތު ބަދަލު ކުރެވޭނީ، ޢާއްމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކެއްގެ ނިޔަތާއި ޢަމަލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން، އެންމެންގެ ޚިޔާލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސްގެ ޕޯސްޓްގައި ވަނީ އައްރަޢުދު ސޫރަތުގެ 11 ވަނަ އާޔަތުން ބައެއް ވެސް މި ޕޯސްޓްގައި ހިމަނުއްވާފަ އެވެ.

އަދި އިލްތިމާސް ކުރެއްވީ އަޅުގަނޑުމެންނަކީ ފާޙިޝް ކަންކަމާއި އެންމެހާ މުންކަރާތްތަކަށް ނޫނެކޭ ބުނާ ބަޔަކަށް ވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު