ENGLISH

31 ޑިސެމްބަރު 2025

Advertisement

ކޭ-ޕާކު ޚިޔާނާތް: ޖައިޝާން ސަޢީދު 159 އަހަރަށް ޖަލަށް

31 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ޖައިޝާން ސަޢީދު --

ހަންބޯ މޯލްޑިވްސް ކުންފުނި ބޭނުން ކޮށްގެން އެ ކުންފުނީގެ ކުރީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)، ކޭ-ޕާކްގެ ފްލެޓްތައް މަކަރާއި ހީލަތުން ނުއަގުގައި ވިއްކި މައްސަލާގައި ދައުވާ އުފުލާފައިވާ ޖައިޝާން ސަޢީދު 159 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށްލާން ޙުކުމްކޮށްފި އެވެ.

މަމްދޫހްގެ ޕާސަނަލް އެސިސްޓެންޓެއްގެ ގޮތުގައި އެ ކުންފުނީގައި މަސައްކަތް ކުރި ޖައިޝާން ސަޢީދުގެ މައްޗަށްގެ ދައުލަތުން ވަނީ 89 ދައުވާއެއް އުފުލާފަ އެވެ. އެއީ ޓެކުމުގައި ބައިވެރިވުމުގެ 45 ދައުވާ އަކާއި އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ 40 ދައުވާ އަކާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގައި ތިން ދައުވާ އަކާއި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ދައުވާ އެކެވެ.

އެ ދަޢުވާތައް ސާބިތުވާ ކަމަށް ކަނޑައަޅާ މިއަދު ޙުކުމްކުރީ 159 އަހަރާއި، 7 މަހަށް ޖަލަށްލުމާއެކު، 300 ހާސް ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

އެގޮތުން ޓެކުމުގައި ބައިވެރިވުމުގެ 45 ދަޢުވާގެ އަދަބެއްގެ ގޮތުން 140 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލުމަށާއި އޮޅުވާލުމުގެ ޢަމަލެއް ކުރުމުގެ 40 ދަޢުވާއަށް 12 އަހަރާއި 4 މަހާއި 18 ދުވަހަށް ޖަލަށްލުން ވަނީ ހުކުމްކޮށްފަ އެވެ.

އަދި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ތިން ދަޢުވާ އަށް އެއް އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށާއި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށްލުމާއެކު، 300 ހާސް ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު