ENGLISH

26 ޑިސެމްބަރު 2025

Advertisement

ދުޢާއަކީ ދިވެހީންނަކީ އުޚުއްވަތްތެރި، ހިތްވަރުގަދަ ބައެއްގެ ގޮތުގައި އަބަދުމެ ލެއްވުން: ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން

26 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު

މިއަދު ފާހަގަކުރާ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ދިވެހިރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައި ހެޔޮ ދުޢާ އަރިސް ކުރައްވައިފި އެވެ.

ދިވެހީންގެ ފަޚުރުވެރި އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވަނީ ދިވެހީންނަކީ އުޚުއްވަތްތެރި، އޯގާތެރި، އެކަކު އަނެކަކަށް ވާގިވެރިވާ، ހިތްވަރުގަދަ ބައެއްގެ ގޮތުގައި އަބަދުމެ ލައްވައި، އިލާހީ ޙިމާޔަތާއި މަދަދާއި އޯގާވަންތަކަން ރެއާއިދުވާލު ޤައުމުގައި ދެމެހެއްޓުމަށް އެދިވަޑައިގެން ދުޢާ ދަންނަވާފައެވެ.

2004 ވަނަ އަހަރުގެ ޑިސެންބަރު މަހު ކުރިމަތިވި ސުނާމީ ކާރިސާއަށް މިއަދު 21 އަހަރު ފުރިގެން ދިޔައީ އެވެ. މި ހިތާމަވެރި ކާރިސާގައި ރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް މި ސުނާމީގެ އަސަރު ކޮށްފައިވެއެވެ.

އަދި މި ހިތާމަވެރި ކާރިސާގައި، 82 ދިވެހިން ނިޔާވެ، 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، 15000 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

އެދުވަހު ހާލުގައިޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ދިވެހިން ދައްކުވައިދިން ހިތްވަރާއި އޯގާތެރިކަމާއި އެއްބައިވަންތަކަން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަހަކީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމެވި އެވެ.

ކިޔުންތެރިންގެ ހިޔާލު