ENGLISH

23 ޑިސެމްބަރު 2025

Advertisement

މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކަން ހުއްދައެއް ނުދޭނެ: މިނިސްޓަރު

23 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް

މީހުން ދިރިއުޅޭ އާންމު ރަށްތަކުގައި ރަލާއި އޫރުމަސް ވިއްކަން ހުއްދައެއް ނުދޭނެ ކަމަށާ އެއީ މި ސަރުކާރުން ޤަބޫލުވެސް ކުރާނެ ކަމެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެއީ ރިސޯޓްތަކުގައި ފަތުރުވެރިންނަށް ދޭ ޚިދުމަތްތައް ރަށްރަށުން ނުދެވުމަކީ ބޭއިންސާފެއް ކަމަށާ އެއީ ކަންބޮޑުވާ ކަމެއް ކަަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައިވާތީ އެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި ނަޝީދު އެ އިޝާރާތް ކުރެއްވީ އެ ރަށްރަށުގައި ރަލާއި އޫރުމަސް ނުވިއްކޭތީ އެކަމެވެ. އެކަމާއި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވުމުން ނަޝީދު ވަނީ އެމަނިކުފާނު ވިދާޅުވީ އެ ވާހަކަ ނޫން ކަމުގައި ވިދާޅުވެފަ އެވެ.

މިނިސްޓަރު ތޯރިގް ވަރަށް ސާފުކޮށް ވިދާޅުވީ ރަލާއި އޫރުމަސް ރަށްރަށުގައި ވިއްކުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ މި ސަރުކާރުން ތާޢީދު ކުރާނެ ކަމެއް ނޫން ކަމަށާ އެއީ ސިޔާސަތެއް ވެސް ނޫން ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރުވެސް ސަފާރީތަކުން ރަލާއި އެ ނޫން މަނާތަކެތި ބާލާ ރަށްރަށަށް އަރުވާ ކަމުގެ ޝަކުވާ ވަރަށް ބޮޑެވެ. އެއީ ވަރަށް ބޮޑު މައްސަލައެއް ކަން ފާހަގަ ކުރައްވާ އެކަންކަން ހުއްޓުވަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު